ޚަބަރު

ފަޒޫ ތާއީދު ކުރައްވަނީ މާލޭގެ މޭޔަރު ކަމަށް ވާދަކުރައްވާ އާޒިމާއަށް!

އަންނަ އަހަރު ބޭއްވުމަށް ހަމަޖެހިފައިވާ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގެ ޕީޕީއެމް ޕީއެންސީ ޕްރައިމަރީގައި ވިލިމާލެ ދާއިރާއަށް ވާދަކުރައްވާ ފާތިމަތު ފަޒްލާ (ފަޒޫ) ގެ ތާއީދު މާލޭގެ މޭޔަރުކަމަށް ވާދަކުރައްވާ ކުރީގެ ބަންޑާރަ ނައިބު އާޒިމާ ޝަކޫރަށް އޮތްކަން ހާމަކުރައްވައިފިއެވެ.

ފަޒޫގެ ޕްރައިމަރީ ކެމްޕެއިނަށް ހާއްސަކޮށް ހަދާފައިވާ ފޭސްބުކް ޕޭޖުގައިވާގޮތުން، މާލޭގެ މޭޔަރު ކަމަށް އޭނާ ކެމްޕެއިން ކޮށްދެއްވަން ބޭނުންވަނީ އާޒިމާ އަށެވެ. އަދި ވިލިމާލެ ދާއިރާއިން އާޒިމާއަށް މެޖޯރިޓީ ހޯއްދަވައި ދެއްވުމަށް ކުރަންޖެހޭ ހުރިހާ މަސައްކަތެއް ކޮށްދެއްވާނެ ކަމުގެ ޔަގީންކަން ފަޒޫ ވަނީ ދެއްވާފައެވެ.

ވިލިމާލެ މަޖިލިސް ގޮނޑިއަށް ވާދަކުރައްވާ ފަޒޫގެ ތާއީދު އާޒިމާއަށް އޮތް އިރު، ސަރުކާރަށާއި، ރައީސް ޑރ.މުހައްމަދު މުއިއްޒުއަށް ތާއީދުކުރާ ގިނަ ބަޔަކުވެސް އަންނަނީ އާޒިމާގެ ކެމްޕެއިނާ ގުޅެމުންނެވެ.

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button