ޝެއިޚް ނިޝާން އަދި ޝެއިޚް ފަޒްލޫން ކޯޓަށް ހާޒިރުވުމަށް ޗިޓު ފޮނުވައިފި!
ޝެއިޚް ނިޝާން އަދި ޝެއިޚް ފަޒްލޫން ކޯޓަށް ހާޒިރުވުމަށް ޗިޓު ފޮނުވައިފި!

2022 ވަނަ އަހަރު 21 ޖޫން ވަނަ ދުވަހު ބައިނަލްއަގުވާމީ ޔޯގާ ދުވަސް ފާހަގަކުރުމަށް ގަލޮޅު ދަނޑުގައި ޔޯގާގެ ހަރަކާތް ބޭއްވި ދުވަހު ހިނގި ހަމަނުޖެހުމާ ގުޅިގެން ހައްޔަރުކުރި ޢިލްމުވެރިން ކަމުގައިވާ ޝެއިޚް ފަޟުލޫން ބިން މުހައްމަދު އާއި ޝެއިޚް އާދަމް ނިޝާން އަށް ދައުލަތުން ކޮށްފައިވާ ދައުވާގެ އިބްތިދާއީ އަޑުއެހުން (ދައުވާއަށް ޖަވާބުދާރީވުން) މާދަމާ ކްރިމިނަލް ކޯޓުގައި ބާއްވަން ތާވަލްކޮށްފިއެވެ.
ގަލޮޅު ދަނޑުގައި ކުރިއަށްދިޔަ ޔޯގާ ހަރަކާތާއި ގުޅިގެން ހަމަނުޖެހުން ހިންގި މައްސަލައިގައި ދައުވާ އުފުލާފައިވާ ޝެއިޚް ފަޟްލޫން މުޙައްމަދާއި ޝެއިޚް އާދަމް ނިޝާން އަށް ވަކީލަކު އައްޔަންކުރަން 10 ދުވަހުގެ މުއްދަތެއް މައްސަލަ ބަލާ ގާޒީ ހުސައިން ފާއިޒު ރަޝާދު ވަނީމީގެ ކުރިން ދީފައެވެ.
ޔޯގާ ހަރަކާތާއި ގުޅިގެން ހަމަނުޖެހުން ހިންގި ކަމުގެ ތުހުމަތުގައި 18 މީހެއްގެ މައްޗަށް ޕީޖީ އޮފީހުން ވަނީ ދަޢުވާ އުފުލާފައެވެ.
ޝެއިޚް ފަޒްލޫން އާއި ޝެއިޚް ނިޝާންގެ މައްޗަށް އުފުލާފައިވަނީ ޓެރަރިޒަމްގެ އަމަލެއް ކުރުމަށް ހިތްވަރު ދިނުމުގެ ކުށުގެ ދައުވާއެވެ. މިކުށުގެ އަދަބަކީ 10 އަހަރާއި 15 އަހަރުގެ މުއްދަތަކަށް ޖަލަށްލުމެވެ. ދައިވާކުރަނީ ޤާނޫނު ނަންބަރު 2015/32 (ޓެރަރިސަމް މަނާކުރުމުގެ ޤާނޫނު) ގެ 4 ވަނަ މާއްދާގެ (ހ) އާއި، މާއްދާގެ (ށ) ގެ 6 ވަނަ ނަންބަރާއި އެ ޤާނޫނުގެ 8 ވަނަ މާއްދާގެ (ހ) އާއި (ށ) އާ ޙަވާލަދީ އެ މާއްދާގެ (ނ) ގެ ދަށުންނެވެ.
ޝަރީއަތް ބާއްވަން ކޯޓުން ނިންމާފައިވަނީ 01 ފެބްރުއަރ 2023 ވަނަ ދުވަހުގެ ހެނދުނު 09:00 އަށް ކުރިމިނަލް ކޯޓަށް ޝެއިޚް ނިޝާން އަދި ޝެއިޚް ފަޞްލޫން ހާޒިރުކޮށްގެނެވެ.
މިމީހުންނަށް އުސްމާނުވެސް، އަލީވެސް، މުއާވިޔާވެސް ކަމަކު ނުދިޔައެވެ. އެއީ ކޮންބަޔެއް ހެއްޔެވެ؟ މިއީ މިޒަމާނުގެ އެބައިމީހުންނެވެ.