ޝައިޚް ފަޒްލޫން ބަންދުން ދުކޮށްލުމަށް ކްރިމިނަލް ކޯޓުން ނެރުނު އަމުރު ހައިކޯޓުން ބާޠިލުކޮށްފި

މިދިޔަ ޖޫން މަހުގެ 21 ވަނަ ދުވަހު ގަލޮޅު ދަނޑުގައި ބޭއްވި ޔޯގާ ހަރަކާތާއި ދެކޮޅަށް ގަލޮޅު ދަނޑުގައި ހިނގާދިޔަ ހަމަނުޖެހުންތަކާއި ގުޅިގެން ހައްޔަރުކުރި ދީނީ އިލްމުވެރިޔާ، ޝައިޚް ފަޒްލޫން ބަންދުން ދޫކޮށްލި މައްސަލައިގެ އިސްތިއުނާފުގެ އަޑުއެހުމާއި ހުކުމް ކުރުން މިއަދު ހައިކޯޓުގައި ވަނީ ކުރިއަށް ގެންގޮސްފައެވެ.
ހައިކޯޓުގެ މިއަދުގެ ހުކުމުގައި އައްޝައިޚް ފަޒްލޫން ބަންދުން ދޫކޮށްލުމަށް ކްރިމިނަލް ކޯޓުން ނެރުނު އަމުރު ބާޠިލުކޮށް، ކްރިމިނަލް ކޯޓުގެ ނިންމުން އެއީ ގޯސް ނިންމުމެއް ކަމަށް ވަނީ ކަނޑައަޅާފައެވެ.
ޔޯގާ ހަރަކާތާއި ގުޅިގެން ހިންގި ހަމަނުޖެހުމުގައި އިސްކޮށް ހަރަކާތްތެރިވި ކަމުގެ ތުހުމަތުގައި ޝައިޚް ފަޒްލޫން އެންމެ ފުރަތަމަ ހައްޔަރުކޮށްފައިވަނީ މިދިޔަ ޖޫން މަހުގެ 22 ވަނަ ދުވަހުގެ ރޭގެ ވަގުތެއްގަ އެވެ. އޭގެ ފަހުން ދެތިން ފަހަރު ބަންދު ދެމެހެއްޓުމަށް ފަހު ޖުލައި މަހުގެ 22 ވަނަ ދުވަހު ޝަރުތުތަކަކާއެކު ކްރިމިނަލް ކޯޓުން ވަނީ އޭނާ ދޫކޮށްލައިފަ އެވެ.
އެހެންނަމަވެސް ޕީޖީއިން ބޭނުންވަނީ މުއްދަތެއް ނެތް ގޮތަށް ޝައިޚް ފަޒްލޫން ބަންދުގައި ބަހައްޓާށެވެ. ޕީޖީން ބުނެފައިވަނީ ޝައިޚް ފަޒްލޫން އަކީ މުޖުތަމައުއަށް ދޫކޮށްލައިފިނަމަ ނުރައްކާތެރި އަމަލެއް ހިންގައިފާނެ ފަދަ މީހެއް ކަމަށެވެ.
ޝައިޚް ފަޒްލޫން މިއަދު ކުރެެއްވި ޓްވީޓެއްގައި ވިދާޅުވީ ޝަރުޠުތަކާއެކު އޭނާ ބަންދުން ދުކޮށްލުމަށް ކްރިމިނަލް ކޯޓުން ނެރުނު އަމުރު މިއަދު ހައިކޯޓުން ބާޠިލުކޮށްފައި ވާކަމަށާއި، ލިވާތުކުރާ މީހުންނަށް ޚާއްޞަ ޤާނޫނު ނުހިންގާ ދިނުމުގައި އޮންނަ ޙުކުމެއް ބަޔާންކޮށްދިނީމަ ޚާއްޞަ ޤާނޫނު ހިންގާތީ ކަންބޮޑުވެވަޑައިގަންނަވާ ކަމަށެވެ.
ޝަރުޠުތަކާއެކު އަޅުގަނޑު ބަންދުން ދުކޮށްލުމަށް ކްރިމިނަލް ކޯޓުން ނެރުނު އަމުރު މިއަދު ހައިކޯޓުން ބާޠިލުކޮށްފި. ލިވާތުކުރާ މީހުންނަށް ޚާއްޞަ ޤާނޫނު ނުހިންގާ ދީނުމުގައި އޮންނަ ޙުކުމެއް ބަޔާންކޮށްދިނީމަ ޚާއްޞަ ޤާނޫނު ހިންގާތީ ކަންބޮޑުވަން.@PGO_MV@DhiyaresNews@XefroX@hamydadam
— Fazloon Bin Muhammad (أبو عبد الرحمن الملندوي) (@fzlunx) September 22, 2022
ހައިކޯޓުގެ މިއަދުގެ ޙުކުމުގައި ބަޔާންކޮށްފައި ވަނީ، މިއަދުން ފެށިގެން ހަތް ދުވަސް ތެރޭގައި ޝައިޚް ފަޒްލޫން އަލުން ބަންދު ކުރުމަށް ދަޢުލަތުން އެދޭނަމަ އެ ޙުކުމުގައި ބަޔާންކޮށްފައިވާ ކަންކަމަށް ރިޢާޔަތްކޮށް ކްރިމިނަލް ކޯޓުން ބަންދާމެދު ގޮތެއް ނިންމުމަށެވެ.
ރައީސް ސޯލިހުގެ ސަރުކާރުގެ ހޯމް މިނިސްޓަރަކަށް ޝައިޚަކު ހުންނަވައިގެން ދީނީ ޢިލްމުވެރިންނާއިމެދު ޢަމަލުކުރައްވަމުން ގެންދަވާގޮތުން ހޯމް މިނިސްޓަރު އިމްރާނަށް ދަނީ ބޮޑެތި ފާޑުކިޔުންތައް އަމާޒުވަމުންނެވެ.
މުޖްތަމަޢުގައި ބިރަކާނުލާ ފާހިޝް ޢަމަލުތައް ހިންގުން އާދަޔާ ޚިލާފަށް އާންމުވެ، އެފަރާތްތަކަށް ހިތްވަރު ލިބޭފަދައިން ޙުކުމްކޮށް، ފާޅުގައި އިސްލާމްދީނަށް ފުރައްސާރަކުރާ މީހުންނަށް އަދަބެއްނުދީ ހިންގާ މިވެރިކަން ހޯމް މިނިސްޓަރު ޝައިޚް އިމްރާން ސިފަކުރައްވާފައިވަނީ މާތް ނަބިއްޔާ ކުރެއްވިފަދަ ވެރިކަމެއްގެ ގޮތުގައެވެ.
ތިޔައީ އަބަދަށްވެސް ހައްޔަރުގައި ބައިތިއްބަން ޖެހޭ “އިލްމް” ވެރިންގެ ތެރެއިން ދެމީހުންނެވެ. ތާއަބަދު ދަރުހެއްދިނަސް ގައުމުގައި ފިތުނަ ފަސާދަ އުފައްދާ، ޚަވާރިޖް ފިކުރު ފަތުރާ ޚަވާރިޖުންނެވެ. ދީނުގައި މިމީހުންގެ އަދަބަކީ އަތަކާއި ފަޔެއް ބުރިކޮށް ސަލީބަށް އެރުވުމެވެ. ނުރައްކާ ބަޔެކެވެ.