
ޕުރޮގްރެސިވް ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓް އަދި ޕީޕީއެމްގެ ރައީސް, ރައީސް ޔާމީން އަބްދުލްގައްޔޫމުގެ މައްޗަށް ރ.ފުއްގިރި ކުއްޔަށް ދިނުމުގެ މުއާމަލާތާއި ގުޅޭގޮތުން ކުރާ ދައުވާގެ އަޑުއެހުމެއް ބޭވުމަށް ކުރިމިނަލް ކޯޓުން ތާވަލުކޮށްފިއެވެ.
ރައީސް ޔާމީންގެ މައްސަލައިގެ އަޑުއެހުން އޮންނާނީ މާދަމާ މްނދުރު 13:00 ގައެވެ. މި އަޑުއެހުން ބާއްވަން ނިންމާފައިވަނީ އޮންލައިންކޮށްކަން ކުރިމިނަލް ކޯޓުގެ ތާވަލުން އެނގެން އެބަ ހުއްޓެވެ.
ދިވެހި ދައުލުތުން މި މައްސަލާގައި ދައުވާކޮށްފައިވަނީ ރައީސް ޔާމީންގެ މައްޗަށާއި، އަހުމަދު ކްރިކް ރިޟާގެ މައްޗަށާއި، ސަން ކޮންސްޓްރަކްޝަން އެންޑް އިންޖިނިއަރިން ޕްރައިވެޓް ލިމިޓެޑާއި ސަން އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑްގެ މައްޗަށެވެ.