ޚަބަރު

އެމްޑީޕީގެ ރައީސަށް ހަމަ އެއްވެސް ފިޔަވަޅެއް ނާޅަނީތޯ؟

އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދާއި މެދު ހަމަ ފިޔަވަޅެއް ނާޅަނީ ތޯ ޝައިހް އަލީ ޒައިދު ކުރެއްވި ޓުވިޓެއްގައި ސުވާލުކުރަށްވައިފިއެވެ.

ޝައިހް އަލީ ޒައިދު ވަނީ މިގޮތަށް ސުވާލުކުރެއްވުމަށް ފަހު އެމްޑީޕީގެ ސިޔާސަތުތަކަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އެގޮތުން ޕާޓީއެއްގެ ހައިސިއްޔަތުން އެމްޑީޕީ ލަދުވެތި ނުވޭތޯ ޒައިދު ސުވާލު ކުރެއްވިއެވެ. އަދި ޕާޓީގެ ރޫހުކަމަށް ގިނަބަޔަކު ގަބޫލު ކުރާ މަޖިލިސް ރައީސް މުހައްމަދު ނަޝީދު ލިވާތާ ބެހޭގުތުން ދައަކަވާފައިވާ ވާހަކަފުޅުތަކުގެ ސަބަބުން ލަދުވެތި ނުވޭތޯ ވެސް ވަނީ ސުވާލު ކުރައްވާފައެވެ. ރައީސް ނަޝީދު، ރައީސް އިބްރާހީމް މުޙައްމަދު ސޯލިހު އަށް ޒިނޭގެ ތުހުމަތު ކުރަށްވަމުން ދާއިރުވެސް ހަމަ އެއްވެސް ފިޔަވަޅެއް ޕާޓީގެ ރައީސް ނަޝީދު އަށް ނާޅުއްވަނީ ކީއްވެތޯ ވެސް ވަނީ އައްސަވާފައެވެ. 

އަލަމްގީރް ނަމަކަށް ކިޔާ ބަންގްލަދޭޝްގެ ފިރިހެނަކާއެކު ރައީސް ނަޝީދުގެ ކޮއްކޮ ނާޒިމް ސައްތާރު ލިވާތު ކުރި މައްސަލައިގެ ތުހުމަތުގައި ހައްޔަރުމުން އެމްޑީޕީގެ ދެ ރައީސްއުންގެ މެދުގައި ވަނީ މާސިންގާ ހުޅެއް ރޯވެ ދެރައީސުން ކޮށްފައިވާ ކަންކަމުގެ ވާހަކަ  ގޮވަން ފަށާފައެވެ.

2 Comments

  1. ބަލަ ފިޔަވަޅެއް ނޭޅޭނެކަން ނޭނގޭތަ އެއްގަލަކުން ފެހިކަނީ.
    ގައުމު ދީނަށް ސީދާ ކުރުމަށް މަސައްކަތްކުރާ މީހަކާ ބައިޢަތު ހިއްޕަވާ…..ޤައުމު ސަލާމަތް ކުރެއްވުމަށް މަސައްކަތް ކުރައްވާ.

    1. ފިޔަވަޅެއް ނާޅާނެތާ މުޅިޕާރޓިީގަވެސް ތިބީ
      އެފާޑުގެ އަޚްލާޤީ ފެންވަރު ދަށްމީހުން ވިއްޔަ bއެއް މީހުން އަނގަ ގަދައީ އަނެއްބަޔަކު ތިބޭނީ ހިމޭނުން. އެކަމަކު ކުރާނީ އެއްކަމެއް ބޯނީ އެކައްޗެއް

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button