ޚަބަރުސިޔާސީ

މުޣުނީ ވަކިކޮށް ސްޓެލްކޯގެ އެމްޑީއަކަށް އީސީ ޝަރީފް

ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރ ހަސަން މުޣުނީ މަގާމުން ވަކިކޮށް އިލެކްޝަންސް ކޮމިޝަންގެ ކުރީގެ ރައީސް އަހުމަދު ޝަރީފް އެމަގާމަށް އައްޔަން ކޮށްފިއެވެ.

މައުލޫމާތު ލިބުނުގޮތުގައި ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ) އަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ހުށަހެޅުއްވިގޮތަށް އެބޯޑުން ވަނީ މުޣުނީ މަގާމުން ވަކި ކުރުމަށްފަހު ޝަރީފް އައްޔަން ކޮށްފައިވާކަން ސްޓެލްކޯއަށް ސިޓީއަކުން އަންގާފައެވެ. އަދި މުޣުނީ އެންވަޔަރުމެންޓް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ކަމުގެ މަގާމަށް ރައީސް ސޯލިހު އައްޔަންކޮށްފައިވާ ކަމުގެ މައުލޫމާތުވެސް ”ބޮންތި“ އަށް ވަނީ ލިބިފައެވެ.

މުޣުނީއާއެކު، އެންވަޔަރްމެންޓް މިނިސްޓްރީގައި މިހާރު 6 ސްޓޭޓް މިނިސްޓަރުން ތިއްބަވައެވެ. މުޣުނީ އެ މިނިސްޓްރީއަށް ބަދަލު ކުރުމާގުޅިގެން ލައްކަ އަކާއި ގާތްކުރާ މުސާރަ އާއި އެލަވަންސް 47,000 އަށް ކުޑަވެގެންދާނެއެވެ. އަދި ރައީސް ސޯލިހަށް ތާއީދު ކުރާ އީސީ ޝަރީފަށް ބޮޑު މުސާރައެއް ލިބިގެންދާނެއެވެ.

ސަރުކާރުގެ ހަރަދާއި ކޮރަޕްޝަންގެ އަމަލުތައް ފޫ ނުބެއްދޭވަރަށް އިތުރުވެފައިވާ ދަނޑިވަޅެއްގައި ވެމްކޯގެ ހިންގުންވެސް އެހެން ބޭފުޅަކާ ހަވާލު ކުރުމަށް ވަނީ ހަމަޖެހިފައެވެ.

”ބޮންތި“ އަށް އެނގިފައިވާގޮތުގައި ވެމްކޯ ހަވާލު ކުރުމަށް ރައީސް ސޯލިހު މަސައްކަތް ކުރައްވަނީ ޖިންސީ ފުރައްސާރައާއި 16 މިލިއަން ރުފިޔާގެ އޮކްސިޖަން ސިލިންޑަރުތަކެއްގެ ކޮރަޕްޝަންގެ ބޮޑެތި ތުހުމަތުތަކެއް ކުރެވުނު މޯލްޑިވްސް ގޭހުގެ ކުރީގެ ޑެޕިއުޓީ މެނޭޖިންގެ ޑިރެކްޓަރު އަލީ އިކްރާމެވެ. އިކްރާމްގެ މައްސަލަ މޯލްޑިވް ގޭހުގެ އިތުރުން ފުލުހުންނާއި ޖެންޑާ މިނިސްޓްރީން ވެސް އައީ ބަލަމުންނެވެ. އަދި އެ މައްސަލަ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އާއި ރައްޔިތުންގެ މަޖިލީހުގެ ސްޓޭޓް އޯންޑް އެންޓަޕްރައިސަސް ކޮމިޓީން ވެސް ބަލަން ފެށިއެވެ. އެ މުއްދަތުގެ ތެރޭގައި އޭނާ ހުރީ ސަސްޕެންޝަނުގައެވެ. އަދި މަގާމުން އިސްތިއުފާ ދިނީވެސް އަމިއްލައަށެވެ.

 

 

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button