ޚަބަރު

އީމާންއަށް ލިބެމުންދިޔަ އެލެވެންސް އާއިލާއަށް ދިނުމަށް ސަރުކާރަށް ހުށަހަޅަން ނިންމައިފި

މާލޭ ސިޓީގެ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީގެ ވިލިމާލޭ ދާއިރާގެ މެމްބަރު އައިމިނަތު އީމާން އަށް ލިބެމުންދިޔަ އެލެވެންސް އާއިލާއަށް ދިނުމަށް އެދި ސަރުކާރަށް ހުށަހެޅުމަށް މާލެ ސިޓީ ކައުންސިލުން ނިންމައިފިއެވެ.

މާލެ ސިޓީ ކައުންސިލްގެ 4 ވަނަ ދައުރުގެ 42 ވަނަ ޖަލްސާގައި ވިލިމާލެ ދާއިރާގެ ކައުންސިލަރު ނަހުލާ އަލީ ހުށަހަޅުއްވާ ޑެޕިއުޓީ މޭޔަރު އަހުމަދު ނަރީޝް ތާއީދު ކުރެއްވި މި ހުށަހެޅުއްވުމުގައި ވަނީ މާލޭ ސިޓީގެ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީގެ މެމްބަރުންނަށް ލިބެމުން ދިޔަ -/5000 ރުފިޔާގެ އެލަވެންސް 05 އަހަރު ދުވަހުގެ ދައުރު ހަމަވަންދެން މަރްޙޫމާ އީމާންގެ އާއިލާއަށް މެދުކެނޑުމެއްނެތި ސަރުކާރަށް ހުށަހަޅައިގެން ދިނުމަށެވެ.

އެއާއިއެކު މިއަދުގެ ޖަލްސާގައި ބައިވެރިވެ ވަޑައިގަތް މެމްބަރުންގެ އިއްތިފާޤުން މިހުށަހެޅުން ވަނީ ފާސްވެފައެވެ.

ހުޅުމާލޭގައި ހިނގާދިޔަ ނުރައްކާތެރި އެކްސިޑެންޓެއްގައި އީމާން ނިޔާވުމާއި ގުޅިގެން މިއަދުގެ ޖަލްސާގައި ވަނީ 1 މިނެޓްގެ ސުކޫތެއް ގެނެސްފައެވެ.

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button