ޚަބަރުސިޔާސީ

ރައީސް އިބްރާހިމަށް ވަގަށް ގޮވި މައްސަލާގައި މުޣުނީއަށް ފިޔަވަޅު އަޅަނީ

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞޯލިޙުއަކީ ވަގެއްކަމަށް ވިދާޅުވެ އެންވަޔަރަމެންޓް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ޙަސަން މުޣުނީ ޓްވީޓް ކުރެއްވި މައްސަލާގައި އޭނާއާއި މެދު ފިޔަވަޅު އަޅަން ސަރުކާރުން ނިންމައިފިއެވެ.

މުޣުނީ ކުރެއްވި ޓްވީޓްގައި ވިދާޅުވީ ރައީސް އިބްރާހިމް އަކީ ހިންނަވަރު ވަގު ކަމަށާއި ސަރުކާރުގެ އެސްއޯއީތަކުގައި ތިބީ ކޮރަޕްޓުން ވަގުންގެ ޓީމެއް ކަމަށެވެ.

އެގޮތުން އާބަންކޯގެ އެމްޑީ އާތިފާއި އެސްޓީއޯގެ އެމްޑީ ސައީދާއި އެމްއޭސީއެލްގެ އެމްޑީ މަހުޖޫބު ޝުޖާއުގެ އިތުރުން އާރުޑީސީގެ އެމްޑީ މޫސާ އަލިމަނިކު އަދި ސްޓެލްކޯގެ އެމްޑީ ޝަރީފާއި ފެނަކައިގެ އެމްޑީ ސައީދަކީ ކޮރަޕްޓް ވަގުން ކަމަށް މުޣުނީގެ ޓްވީޓްގައި ހާމަކުރެއްވިއެވެ.

ސްޓޭޓް މިނިސްޓަރ މުޣުނީ ކުރެއްވި ޓްވީޓްގެ ސްކްރީން ޝޮޓެއް

މަޢުލޫމާތު ލިބިފައިވާގޮތުން އެ ޓްވީޓްގެ މައްސަލާގައި މުޣުނީ ވަނީ ރައީސް އޮފީހަށް ހާޒިރުކޮށް ސުވާލުކޮށްފައެވެ. އެއަށްފަހު އޭނާ ކުރެއްވި ޓްވީޓް ފޮހެލާ އެވާހަކަތައް ރިޕޯޓްކުރި މީޑީއާތަކަށް ގުޅުއްވާ ޚަބަރު ނަގައިދިނުމަށް ވަނީ އެދިލައްވާފައެވެ. އެހެންނަމަވެސް މިހާރު ގިނަ މީޑިއާތަކުން މި ޚަބަރު ވަނީ ރިޕޯޓްކޮށްފައެވެ.

މުޣުނީގެ ޓްވީޓާއި ގުޅިގެން ރައީސް އޮފީހުގެ މިނިސްޓަރު އިބްރާހިމް ވަހީދު (އިބްރޭ) އޮންލައިން ނޫހަކަށް މަޢުލޫމާތު ދެއްވަމުން ވިދާޅުވީ، މުޣުނީ ކުރެއްވީ ސިޔާސީ މަޤާމްތަކުގައި ތިއްބަވާ ބޭފުޅުން ޢަމަލުކުރަން އޮންނަ އަޚުލާގީ މިންގަނޑާ ޚިލާފު ޢަމަލެއް ކަމަށާޢި، އެ މައްސަލާގައި އޭނާއާ ވާހަކަ ދެއްކެވި ކަމަށެވެ. އަދި އެ މައްސަލަ ބަލަމުން އަންނަ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

މުޣުނީ އެންމެ ފުރަތަމަ ހުންނެވީ ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރަކަށެވެ. ނަމަވެސް ފަހުން ވަނީ އޭނާ އެއަށްވުރެ ދަށް މަޤާމަކަށް އެންވަޔަރުމެންޓް މިނިސްޓްރީ އަށް ބަދަލުކޮށްފައެވެ.

Leave a Reply

Your email address will not be published. Required fields are marked *

Back to top button