ޚަބަރުސިޔާސީ

ޕީޕީއެމް އެތެރޭގެ އިންތިހާބު: މާފަންނު ހުޅަނގު ދާއިރާގެ ރައީސްކަމަށް އަޙުމަދު ވާދަކުރަނީ

މިމަހުގެ 5 ވަނަ ދުވަހު ކުރިއަށްދިޔަ އެތެރޭގެ އިންތިހާބުން އަލުން ވޯޓު ނެގުމަށް ނިންމި ދާއިރާތަކުގެ ތެރެއިން މާފަންނު ހުޅަނގު ދާއިރާގެ ރައީސް ކަމަށް އަޙުމަދު (ގައުމީ ލޭ) ވާދަކުރައްވަން ނިންމަވައިފިއެވެ.

މިހާރުވެސް ދަފްތަރު ސްޓްއަރިންގް ކޮމިޓީގެ ރައީސްކަމުގެ އިތުރުން ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަންގެ ސެނެޓަރުގެ މަގާމު ފުރުއްވަމުން ގެންދަވާ އަޙުމަދަކީ ޕާޓީގެ ހަރަކާތްތަކުގައި ވަރަށް އިސްކޮށް ހަރަކާތްތެރިވާ ބޭފުޅެކެވެ.

2020 ވަނަ އަހަރު ރައީސް އަބްދު ޔާމީން އަބްދުލް ގައްޔޫމްގެ މައްޗަށް ކުރި ދައުވާއާއި އެކު އަޙުމަދުގެ މަސައްކަތް ޕާޓީގެ ތެރެއިން ވަރަށް ވަރުގަދައަށް ފެންނާން ފެށިއެވެ.

ޕާޓީގެ މަގުމަތީ ހަރަކާތްތައް ލީޑުކޮށް، އިންތިޒާމުކޮށް އަދި ޕާޓީތެރޭގައި މާފަންނު ހުޅަނގު ދާއިރާ ތަމްސީލް ކުރައްވަމުން މިހާރުވެސް ގެންދަވަނީ ނުކަނޑުވާލެވޭނެ ފަދަ އަޑެއްގެ ގޮތުގައެވެ.

ޕާޓީގެ މެންބަރުންގެ މެދުގައި “ގައުމީ ލޭ” ގެ ނަމުން މަޝްހޫރު އަޙުމަދު މިހާތަނަށް ވަނީ ޕާޓީއަށް އަގު ނުކުރެވޭފަދަ އެތައް ޙިދުމަތެއް ކޮށްދެއްވައި، އަގުހުރި އެތައް ވަގުތެއް ދެއްވާފައެވެ.

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button