ޚަބަރު
ފިލްމީ ތަރި ރިޝްފާ ބަންދުންދޫކޮށްލައިފި

މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ މަސްތުވާތަކެތި ބޭނުންކޮށްގެން ޕާޓީކުރި ކަމުގެ ތުހުމަތުގައި ހައްޔަރު ކުރި ފިލްމީތަރި އައިމިނަތު ރިޝްފަ ބަންދުން ދޫކޮށްލައިފިއެވެ.
ރިޝްފާ ބަންދުންދޫކޮށްލައިފައިވަނީ 16 ނޮވެމްބަރ 2022 ވަނަދުވަހުގައެވެ.
ކްރިމިނަލްކޯޓުން މި މައްސަލާގައި ފަސް ދުވަހުގެ ބަންދެއް ޖަހާފައިވަނީ މިދިޔަ ހުކުރު ދުވަހުގައެވެ. މި މައްސަލާގައި ފިލްމީ ތަރި ހުނޭސާ އާދަމް ނަސީރު (ހުނޫ) ވެސް ހައްޔަރުކުރިއެވެ. ހުނޫގެ ބަންދަށް ޖެހީ ހަތް ދުވަހެވެ. އޭނާގެ ބަންދުގެ މުއްދަތު ހަމަވާނީ ހޮނިހިރު ދުވަހަށެވެ.
އެ މައްސަލައިގައި ރިޝްފާ އާއި ހުނޫގެ އިތުރުން ދެ އަނހެނަކާ އަށް ފިރިހެނަކު ހައްޔަރުކޮށްފައިވެއެވެ. އޭގެތެރޭގައި ޑްރަގް އެންފޯސްމެންޓް ޑިޕާޓްމެންޓް (ޑީއީޑީ) ގެ ފުލުހެއްވެސް ހިމެނެއެވެ.
Komme dhuvahaku news thakah mi anhenaage vaahaka mi aruvanee kon kameh ishthihaaru kurantha