
ރައީސް އިބްރާހިމް މުހައްމަދު ޞާލިހްގެ ވެރިކަމަށް ހަތަރު އަހަރު ފުރުމާއި ގުޅިގެން ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް ވަރަށް ބޮޑަށް އެމަނިކުފާނަށް ފާޑު ވިދާޅުވެއްޖެއެވެ.
ޑރ. ޖަމީލް ކުރެއްވި ޓުވީޓްގައި ވިދާޅުވެފައި ވަނީ މި ސަރުކާރަށް ހަތަރު އަހަރު ފުރުނުއިރު މިއައްވުރެން ތާކުންތާކުނުޖެހޭ ވެރިކަމެއް ނުފެންނަ ކަމުގައެވެ.
ޑރ. ޖަމީލް ހަތަރު ކަމެއް ފާހަގަކުރެއްވިއެވެ. އެއީ: 1. ސަލާމަތާއި ރައްކާތެރިކަން ސުމެއް 2. ޤައުމުގެ ސަރަޙައްދާއި ބިން ވިއްކާލައިފި 3. ޑިމޮކްރެސީ ނޭވާހޮޅީގައި، ކޮރަޕްޝަން މެދުއުޑުގައި 4. ދީނަށް ބިރުބޮޑުވެ، މުންކަރާތް ޢާންމުވެއްޖެ، މިއެވެ.
ޖަމީލް އިތުރަށް ވިދާޅުވެފައި ވަނީ މިއީ ފާސިޤް 4 އަހަރު ކަމުގައެވެ.
ވެރިކަމަށް 4 އަހަރު މިއަށްވުރެ ތާކުންތާކުނުޖެހޭ ވެރިކަމެއް ނުފެނޭ:
1. ސަލާމަތާއި ރައްކާތެރިކަން ސުމެއް
2. ޤައުމުގެ ސަރަޙައްދާއި ބިން ވިއްކާލައިފި
3. ޑިމޮކްރެސީ ނޭވާހޮޅީގައި، ކޮރަޕްޝަން މެދުއުޑުގައި
4. ދީނަށް ބިރުބޮޑުވެ، މުންކަރާތް ޢާންމުވެއްޖެމިއީ ފާސިޤް 4 އަހަރު pic.twitter.com/Y9DBPNY6sG
— Mohamed Jameel Ahmed (@MJameelAhmed) November 17, 2022
މިސަރުކާރަށް ހަތަރު އަހަރު ފުރުނުއިރު ސަރުކާރަށް ނިސްބަތްވާ މަޖިލިސް މެންބަރުން އަދި އެމްޑީޕީގެ ގިނަ މެންބަރުން ވެސް ބުނަމުން އަންނަނީ މިހަތަރު އަހަރަކީ ހަޔާތުގައި ވެސް ދިވެހިން ތަހަންމަލް ނުކުރާ ދަތި އުނދަގޫ އަހަރު ތަކެއް ކަމުގައެވެ. އަދި މިސަރުކާރު މިވަނީ އިންޑިއާގެ ދަށުވެ ނަގޫ ފިތިފަކަމަށް ބުނެ ވެސް އާންމުން ވަނީ ފާޑުކިޔާފައެވެ.
Kyavaigenkamah bunaa dr jameeluvaruge thaakunthaakunujeheymeehakuneh