
ފުޑްބެންކު ތެރޭގައި އެމްޑީޕީއިން ފައިސާ ބަހާ މައްސަލަ އިލެކްޝަންސް ކޮމިޝަން (އީސީ) އަށް ހުށަހަޅައިފިއެވެ.
އެ މައްސަލަ އީސީއަށް ހުށަހެޅީ ޕީޕީއެމުންނެވެ. އެ ޕާޓީގެ ތަރުޖަމާނު ހީނާ ވަލީދު ވިދާޅުވީ ފުޑްބެންކް ރެސްޓޯރެންޓު ރިޒާވްކޮށްގެން އެމްޑީޕީއިން ކުރާ ކަމަކީ ކޮމަންޑޫ ބައި އިލެކްޝަންގައި އެ ޕާޓީގެ ފަރާތުން ވާދަކުރައްވާ ކެނޑިޑޭޓު މުހައްމަދު ރާޝިދު (ރާޑޯ) އަށް ވޯޓު ހޯދަން ފައިސާ ބެހުން ކަމުގައެވެ.
އެކަމަކު މިހުރިހާ ކަމެއް އެމްޑީޕީއިން ދޮގު ކުރެއެވެ. އެ ޕާޓީއިން ބުނާގޮތުގައި އިދިކޮޅުން ފަތުރަނީ އަސްލެއް ނެތް ދޮގު ވާހަކަތަކެކެވެ.
އެމްޑީޕީއިން ވޯޓަށް ނުފޫޒު ފޯރުވާ މައްސަލައާއި ރިޝްވަތު ބަހާ މައްސަލަ ޕީޕީއެމުން ވަނީ ފުލުހުންނަށްވެސް ހުށަހަޅާފައެވެ.