
ކޮމަންޑޫ ބައި އިލެކްޝަނުގައި މާލޭ އިސްކަންދަރު ސްކޫލުގައި ވޯޓު ލުމުގެ ކަންކަން ކުރިޔަށް ދާއިރު، އެ ސްކޫލް ކުރިމަތީގައި ހުންނަ އިމާރާތެއްގައި އެމްޑީޕީ އާއި ޕީޕީއެމުން ޖަގަހަ ހެދުމަށްފަހު ވޯޓު ލުމުގެ އިންތިޒާމްތައް ވަރުގަދަކޮށްފިއެވެ.
ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަންގެ ތަރުޖަމާނު ހީނާ ވަލީދު ވިދާޅުވީ މއ.ސެމީ ޑީލްފެ ފުރަތަމަ ފަންގިފިލާގައި އެމްޑީޕީގެ ޖަގަހައެއް ހިންގަމުންދާތީ، އެ އިމާރާތުގެ ދެވަނަ ފަންގިފިލާގައި ޕީޕީއެމްގެ ޖަގަހައެއް ގާއިމްކޮށްފައިވާ ކަމުގައެވެ.
”މި ޖަގަހައިން ވޯޓު ލުމާ ގުޅޭ ކަންކަން އިންތިޒާމް ކުރެވިގެންދާނެ.“ ހީނާ ވިދާޅުވިއެވެ.
ކޮމަންޑޫ ދާއިރާގެ ވޯޓުލުން އެ ދާއިރާގެ އިތުރުން އިސްކަންދަރު ސްކޫލުގައި ފޯރިއާއެކު ކުރިޔަށް ދާއިރު، އެމްޑީޕީއިން ވޯޓަށް ނުފޫޒު ފޯރުވަމުންދާ ކަމަށް އިދިކޮޅުން އަންނަނީ ތަކުރާރުކޮށް ބުނަމުންނެވެ.