ޚަބަރު

މާލެސިޓީ ކައުންސިލުން މާލޭގެ 14 މަގަކުން 174 ކާނުމަތި ބަދަލުކޮށްފި

މާލެސިޓީ ކައުންސިލުން މާލޭގެ 14 މަގެއްގައި ހަލާކުވެފައިވާ ކާނުމަތި ތަކުގެ ތެރެއިން 174 ކާނުމަތި ބަދަލުކޮށްފިއެވެ.

މާލެސިޓީ ކައުންސިލްގެ އާންމު ޚިދުމަތްތަކާއިބެހޭ ބައިން މާލޭގެ މަގުތަކުގައި ހަލާކުވެފައިވާ ކާނުމަތިތައް ދެނެގަތުމުގެ ތެރެއިން މިހާތަނަށް 239 ކާނުމަތި ހަލާކުވެފައިވާކަން ވަނީ ފާހަގަކުރެވިފައެވެ. އޭގެތެރެއިން 174 ކާނުމަތި މިހާތަނަށް ވަނީ ބަދަލުކުރެވިފައެވެ.އަދި ފާހަގަ ކުރެވުނު ކާނުތަކުގެ ތެރެއިން 65 ކާނުމަތި ބަދަލު ކުރަންޖެހޭ ކަމަށާއި އެކަންވެސް ހަލުވި ސްޕީޑެއްގައި ކުރިއަށް ދާނެ ކަމަށް އާންމު ޚިދުމަތްތަކާއި ބެހޭ ބައިގެ މަސައްކަތްތަކާއި ހަވާލުވެ ހުންނެވި ކައުންސިލަރ އާދަމް ރަމީޒް ވިދާޅުވިއެވެ.

މާލެސިޓީ ކައުންސިލުން ކާނުމަތިތައް ބަދަލުކުރި14 މަގަކީ:

1 އަމީރު ޢަހްމަދުމަގު (ނަސަންދުރަ ކައިރި)
2 ކޮއިމަލާ ހިނގުން (މާލެހިޔާ 2 ކައިރި)
3 ބުރުޒުމަގު (ޝަމްރަތު ކައިރި)
4 ވައިދެރި ހިނގުން
5 ޗާންދަނީ މަގު
6 ކަޅުހުރާ މަގު
7 އިރުދޭމާ ހިނގުން
8 އަބަދަށްއުފާ މަގު
9 ލޮނުޒިޔާރަތް މަގު
10 ޖަނަވަރީމަގު
11 މުތީގޯޅި
12 ކާސިންޖީމަގު
13 ބޮޑުތަކުރުފާނު މަގު
14 ރިންގް ރޯޑް

ހަތަރުވަނަ ދައުރުގެ ކައުންސިލުން މާލެސިޓީގެ މުނިސިޕަލް ޚިދުމަތްތަކުގެ ފެންވަރު ރަނގަޅުކުރުމާއި، މާލެސިޓީގެ މަގުތަކަކީ އަމާން ރައްކާތެރި އަދި ހިތްފަސޭހަ މަގުތަކަކަށް ހެދުމަށްޓަކާ ގިނަގުނަ މަސައްކަތްތަކެއް ދަނީ ކުރަމުންނެވެ. އެގޮތުން މާލެ އައި ވިލިމާލޭގެ މުނިސިޕަލް ކަންކަން ރަނގަޅުކުރުމަށް މިހާތަނަށް ކުރެވުނު ގިނަ މަސައްކަތްތަކެއް ކައުންސިލުން ވަނީ ހާމަކޮށްފައެވެ.

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button