ޚަބަރުސިޔާސީ

މާލޭ މޭޔަރުކަމަށް ވާދަކުރައްވާ ކެންޑިޑޭޓުންގެ ނަންތައް ތަރުތީބުކޮށްފި

‏މާލެ ސިޓީ ކައުންސިލްގެ މޭޔަރު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަނަށް ކުރިމަތިލެއްވި ކެންޑިޑޭޓުންގެ ގުރުއަތުނެގުމާއި ނަން ތަރުތީބުކުރުން ކުރިއަށް ގެންގޮސްފިއެވެ.

ޖަނަވަރީ 13 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ މި އިންތިޚާބަށް ކުރިމަތިލެއްވި ކެންޑިޑޭޓުންގެ ގުރުއަތުނެގުމާއި ނަން ތަރުތީބުކުރުން ކުރިއަށް ގެންދިޔައީ  އިންތިޚާބާބެހޭ މަރުކަޒުގައި ބޭއްވި ރަސްމިއްޔާތެއްގައެވެ.

ނަންތައް ތަރުތީބު ކުރެވިފައިވާ ގޮތް:

ކެންޑިޑޭޓް ނަންބަރު 1 – ޝުޢައިބް ޢަލީ (އަމިއްލަ ގޮތުން)

ކެންޑިޑޭޓް ނަންބަރު 2 – ޙުސައިން ވަޙީދު (އަމިއްލަ ގޮތުން)

ކެންޑިޑޭޓް ނަންބަރު 3 – ޢާއިޝަތު އާޒިމާ ޝަކޫރު (ޕީޕީއެމް-ޕީއެންސީ)

ކެންޑިޑޭޓް ނަންބަރު 4 – އާދަމް އާޒިމް (އެމްޑީޕީ)

ކެންޑިޑޭޓް ނަންބަރު 5 – މުޙައްމަދު ސައިފް ފާތިޙް (ދަ ޑިމޮކްރެޓްސް)

މާލޭ މޭޔަރުކަމުގެ މަގާމު ހުސްވީ މީގެކުރިން އެ މަގާމުގައި ހުންނެވި, މިހާރުގެ ރައީސް ޑރ.މުޙައްމަދު މުޢިއްޒު ރައީސްކަމާ ހަވާލުވެވަޑައިގަތުމަށް އެ މަގާމުން އިސްތިއުފާ ދެއްވުމުންނެވެ.

މާލެ ސިޓީ ކައުންސިލުން ހުސްވެފައިވާ ގޮނޑިތަކަށް ކައުންސިލަރުން އިންތިޚާބުކުރުން ވެސް އޮތީ ޖަނަވަރީ 13 ގައިއެވެ.

މާލެ ސިޓީ ކައުންސިލްގެ މާފަންނު ދެކުރު ދާއިރާ، މެދުހެންވޭރު ދާއިރާ އަދި ހެންވޭރު ދެކުނު ދާއިރާގެ މެންބަރުކަމަށް ކުރިމަތިލެއްވި ކެންޑިޑޭޓުންގެ ނަންތައް ވެސް މިއަދު ވަނީ ތަރުތީބުކޮށްފައެވެ.

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button