ޚަބަރުސިޔާސީ

ސަރުކާރު ވައްޓާލަން އުޅުމަކީ ބަލިވާކަމުގެ ނިޝާނެއް: އާޒިމާ

ސަރުކާރު ވައްޓާލަން އުޅުމަކީ ބަލިވާކަމުގެ ނިޝާނެއްކަމަށް ކުރީގެ ބަންޑާރަ ނައިބު އަދި ސަރުކާރު ހިންގާ ޕީއެންސީ/ޕީޕީއެމްގެ ފަރާތުން މާލޭ މޭޔަރު ކަމަށް ވާދަކުރައްވާ އާޒިމާ ޝުކޫރު ވިދާޅުވެއްޖެއެވެ.

އާޒިމާ މިހެން ވިދާޅުވީ  އެކްސަށް ކުރެއްވި ޕޯސްޓެއްގައެވެ. އާޒިމާ ވިދާޅުވީ، އިދިކޮޅު ޕާޓީން ކުރިޔަށް އޮތް އިންތިޙާބުތަކުގައި  ސަރުކާރު ވައްޓާލަން އުޅުމަކީ ބަލިވާކަމުގެ ނިޝާނެއްކަމަށެވެ. އަދި، ހަގީގީ މޮޅުވުމަކީ، ގަދަބާރުން  ސަރުކާރު ވައްޓާލުމުގެ ބަދަލުގައި، ދަނޑުމަތީގައި ކުޅެގެން މޮޅުވުން ކަމަށްވެސް އާޒިމާ ވިދާޅުވިއެވެ.

ޤާނޫނާއި ގަވާއިދުގައި ވާގޮތުން، ރައީސުލްޖުމްހޫރިއްޔާ އަދި ރައީސްގެ ނައިބު މަޤާމުން ވަކިކުރެވޭނީ ރައްޔިތުންގެ މަޖިލީހުގެ ޖުމްލަ މެންބަރުންގެ 2 ބައިކުޅަ 3 ބައިގެ އަޣްލަބިއްޔަތު ލިބިގެން އެކަނިކަމަށް އާޒިމާ ވިދާޅުވިއެވެ.

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button