މ.ދިއްގަރު އަދި ތ.ގާދިއްފުށީ ކައުންސިލްގެ ބައިއިލެކްޝަން އެމްޑީޕީ އިން ކާމިޔާބު ކޮށްފިއެވެ.
މިއަދު ބޭއްވުނު ބައި އިލެކްޝަންގައި ގާދިއްފުށީ އެމްޑީޕީގެ ކެނޑިޑޭޓް ޒުލައިހާ އަހުމަދު އަންހެން މެންބަރު ކަމުގެ ގޮނޑި ކާމިޔާބު ކުރެއްވީ 210 ވޯޓުންނެވެ. ޕީޕީއެމްގެ ކެނޑިޑޭޓް ހައްވާ އަބްދުލްހާދީއަށް ލިބުނީ 201 ވޯޓެވެ. އެހެން ކަމުން އެ ދެބޭފުޅުންގެ މެދުގައި އުޅެނީ 9 ވޯޓުގެ ތަފާތެވެ.
ދިއްގަރު އެމްޑީޕީގެ ކެނޑިޑޭޓް އަބްދުﷲ އާރިފް ކައުންސިލް މެންބަރު ކަމުގެ ގޮނޑި ކާމިޔާބު ކުރެއްވީ 375 ވޯޓުގެ ތަފާތުންނެވެ. އަދި ޕީޕީއެމްގެ ކެނޑިޑޭޓް އަބްދުލްހަންނާން އަހުމަދަށް ލިބުނީ 320 ވޯޓެވެ. އެއީ 55 ވޯޓުގެ ތަފާތެވެ.
ދިއްގަރު ދާއިރާއަށް ކުރިމަތިލީ އެމްޑީޕީ އާއި ޕީޕީއެމުން އެކަންޏެވެ. އެކަމަކު އެ ދެޕާޓީގެ ކެނޑިޑޭޓުންގެ އިތުރުން ގާދިއްފުށްޓަށް އެމްއާރުއެމްގެ ފަރާތުން ފާތިމަތު މަލްދާ ކުރިމަތިލެއްވިއެވެ. މަލްދާއަށް ލިބުނީ އެންމެ 4 ވޯޓެވެ.
ދިއްގަރު ކައުންސިލްގެ ބައި އިލެކްޝަން ބާއްވަން ޖެހުނީ އެކައުންސިލްގެ މެމްބަރު އިބްރާހިމް ހަލީލް އިސްތިއުފާ ދިނުމާއި ގުޅިގެންނެވެ.