ޚަބަރުސިޔާސީ

ޝިޔާމް ރައީސް ސޯލިހަށް: ކުރީގެ ބަޔާންތަކުގައި ކުރަން ބުނި ކަންކަން ކޮބާ؟

ކުރިން އިއްވި ރިޔާސީ ބަޔާންތަކުގައި ކުރައްވަން ވިދާޅުވި ކަންކަން ކޮބައިތޯ ނައިފަރު ދާއިރާގެ މެންބަރު އަދި ޕީޕީއެމްގެ ނައިބު ރައީސް އަހުމަދު ޝިޔާމް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު އާއި ސުވާލު ކުރައްވައިފިއެވެ.

ރައީސް ސޯލިހުގެ މިއަދުގެ ރިޔާސީ ބަޔާނާ ގުޅިގެން ޝިޔާމް ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ރީތި ގޮތަކަށް ލިިޔެގެން ބަޔާނެއް އިއްވިދާނެ ކަމުގައެވެ. އަދި ކޮނޑުހުޅު ދާވަރަށް ޕާޓީ މެންބަރުންނަށް އަތްވެސް ޖެހިދާނެ ކަމުގައެވެ.

އެކަމަކު މީގެ ކުރިން ރައީސް ސޯލިހު އިއްވި ބަޔާންތަކުގައި ކުރައްވަން ވިދާޅުވި ކަންކަން ހާސިލް ކުރެވުނީ ކިހާވަރަކަށްތޯ ޝިޔާމް ސުވާލު ކުރެއްވިއެވެ.

”ގައުމުގެ ދަރަނި 100 ބިލިއަނާ ގާތަށް ކަޑައްތުކޮށްފި. 3 އަހަރު ތެރޭ އެކަނި 48 ބިލިއަން ދަރަނި އުފައްދައިފި.“ ޝިޔާމް ވިދާޅުވިއެވެ.

ރައީސް ސޯލިހުގެ ރިޔާސީ ބަޔާނުގައި ކޮންމެ އަހަރަކުވެސް މާލޭގެ ރައްޔިތުންނަށް ބޯހިޔާވަހިކަމުގެ އުންމީދު ދެެއްވައެވެ. އެކަމަކު އަދި މިހާތަނަށް ބޯހިޔާވަހިކަމުގެ އެއްވެސް މަޝްރޫއެއްގެ އަމަލީ މަސައްކަތް އެދެވޭގޮތަކަށް ނުފެށޭކަން ފާހަގަކޮށްލެވެއެވެ.

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button