ރާއްޖޭގައި ކޮރަޕްޝަން ހައްދުފަހަނަޅައި، އިންޑެކްސްގަައި ދިހަ ދަރަޖަ ވަތަށް ވެއްޓިއްޖެއެވެ.
ޓްރާންސްޕެރެންސީ މޯލްޑިވްސް އިން ނެރުނު ބަޔާނެއްގައި ބުނީ ދުނިޔޭގެ ގައުމުތަކުގައި ކޮރަޕްޝަން ހުރި މިންގަނޑު ދެނެގަތުމަށް ބަލާ ކޮރަޕްޝަން ޕަރސެޕްޝަން އިންޑެކްސް (ސީޕީއައި) ގައި ރާއްޖެއިން މިދިޔަ އަހަރު 3 ޕޮއިންޓް ދަށްވެ، 10 ގިންތި ދަށަށް ގޮސްފައިވާ ކަމުގައެވެ.
Corruption enables human rights abuses which in turn leads to more corruption.
Breaking this cycle requires the political will to overhaul a system that promotes corruption & protects the corrupt, & create a culture of transparency & accountability. #CPI2021 @presidencymv https://t.co/ytOg3v1r63
— Transparency MV (@TransparencyMV) January 25, 2022
2020 ވަނަ އަހަރުގެ ސީޕީއައި އިން 43 ޕޮއިންޓް ލިބިގެން ރާއްޖެއަށް ލިބުނީ 75 ވަނައެވެ. އެކަމަކު މިދިޔަ އަހަރު ރާއްޖެއަށް 40 ޕޮއިންޓް ލިބުމުން 85 ވަނަ އަށް ވެއްޓުނީ އެވެ.
މި އިންޑެކްސްގައި ގެންގުޅެނީ ސުމަކުން ފެށިގެން ސަތޭކައާއި ދެމެދުގެ މިންގަނޑެކެވެ. ސުމެއް ލިބޭނީ ކޮރަޕްޝަން އެންމެ ބޮޑަށް ހިންގާ ގައުމުތަކަށެވެ. އަދި 100 ލިބޭނީ އެފަދަ އަމަލުތައް މަދު ގައުމުތަކަށެވެ. މި އިންޑެކްސްގައި ރާއްޖެ އޮތީ 50 ޕޮއިންޓްއިން ދަށުން ސްކޯ ކުރާ ތިންބައި ކުޅަ ދެބައި ގައުމުތަކުގެ ތެރޭގައެވެ.
ޓްރާންސްޕެރެންސީން ބުނިގޮތުގައި މިނަތީޖާ ނެރުމަށްޓަކައި ތިން މަސްދަރަކަށް ރިއާޔަތްކޮށްފައި ވާނެއެވެ. އެއީ ވެރައިޓީސް އޮފް ޑިމޮކްރަސީ ޕްރޮޖެކްޓް އާއި، ގްލޯބަލް އިންސައިޓް ކަންޓްރީ ރިސްކް ރޭޓިންގްސްގެ އިތުރުން ވޯލްޑް ބޭންކް ކަންޓްރީ ޕޮލިސީ އެންޑް އިންސްޓިޓިއުޝަނަލް އެސެސްމަންޓް (ސީޕީއައިއޭ) އެވެ.