ރައްޔިތުންގެ މަޖިލީހުގެ އެމްޑީޕީގެ 64 މެންބަރުންނަކީ އިންޑިއާގެ ސަފީރުންގެ ގޮތުގައި ސިފަކުރައްވައި އެމީހުން މުލުން ލުހެ، ރާއްޖެއިން ބޭރުކުރަންޖެހޭ ކަމުގައި ޕީއެންސީގެ ރަޖިސްޓްރާރު މުހައްމަދު އަފޫ ހާމިދު ވިދާޅުވެއްޖެއެވެ.
އަފޫ މިފަދައިން ވިދާޅުވީ އިދިކޮޅު ލީޑަރު ރައީސް އަބްދުﷲ ޔާމީންގެ ޓީޝާޓުގައި އިންޑިއާ އައުޓުގެ ބަދަލުގައި ބަފާ އައުޓް ޖަހަންވީ ކަމަށް އުނގޫފާރު ދާއިރާގެ އެމްޑީޕީގެ މެންބަރު މުހައްމަދު ވަހީދު (ވައްޑޭ) ވިދާޅުވުމާ ގުޅިގެން އެކަމަށް ރައްދު ދިނުމުގެ ގޮތުން ކުރެއްވި ޓުވީޓެއްގައެވެ.
ތެޅުނުވަރަކަށް ފައިބާނީ ހުޅުބު، އިންޑިއާ ޖެހޭނީ ރާއްޖެއިން ފައިބާން.
އެޔަށްފަހު މަޖިލީހުގަ މިތިބަ އިންޑިއާގެ 64 ސަފީރުންގެ ފީނި މުލުން ލުހެލާ މި ގައުމުން އައުޓު ކުރަންޖެހޭ. މުޑުދާރު އެޖެންޑާއަކާއި އެކު މުޅި ދައުލަތް ކިލަނބުކޮށް، ލޫޓުވާލައިފި!#IndiaOut pic.twitter.com/qoWka3QxPD— Mohamed Afoo Hamid (@AfooMV) January 25, 2022
އަފޫ ވިދާޅުވީ ވައްޑޭ ކިތަންމެ ވަރަކަށް އިންޑިއާ އައުޓް ހުއްޓުވަން މަސައްކަތް ކުރެއްވިޔަސް އެކަމެއް ނުވާނެ ކަމުގައެވެ.
”ތެޅުނުވަރަކަށް ފައިބާނީ ހުޅުބު، އިންޑިއާ ޖެހޭނީ ރާއްޖެއިން ފައިބާން. އެޔަށްފަހު މަޖިލީހުގަ މިތިބަ އިންޑިއާގެ 64 ސަފީރުންގެ ފީނި މުލުން ލުހެލާ މި ގައުމުން އައުޓު ކުރަންޖެހޭ.“ އަފޫ ވިދާޅުވިއެވެ.
އޭނާ ފާހަގަކުރެއްވިގޮތުގައި އެމްޑީޕީގައި އޮތީ މުޑުދާރު އެޖެންޑާއެކެވެ. އަދި އެޕާޓީއިން މުޅި ދައުލަތް ކިލަނބުކޮށް، ލޫޓުވާފައިވަކަމަށް އަފޫ ވިދާޅުވިއެވެ.
Heyonuvaane hus muslimun husdhivehin hadihuthrunuve thibegen qaumah faidhaahuri kameh kureveythoa balan vejje nunbaa