ޚަބަރު

ފައިސާ ޗާޕު ކުރުމުގެ މުއްދަތު އިތުރު ކޮށްފި

އެމްއެމްއޭ އިން ފައިސާ އިތުރަށް ޗާޕު ކުރުމުގެ ހުއްދައިގެ މުއްދަތު އެއް އަހަރަށް އިތުރުކުރަން ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފި އެވެ.

ފިނޭންސް މިނިސްޓްރީން މަޖިލީހަށް ފޮނުވީ 3.5 ބިލިއަން ރުފިޔާގެ ލިމިޓެއް ކަނޑަައަޅައިދޭ ގޮތަށް މި މުއްދަތު އިތުރު ކުރާށެވެ. އެކަމަކު މާލިއްޔަތު ކޮމެޓީ އިން ފާސްކުރީ 2.5 ބިލިއަން ރުފިޔާ އަށް ކުޑަކުރުމަށެވެ. އަދި ފައިސާ ޗާޕު ކުރަން ފާސްކުރި އަދަދުގެ އިންޓްރެސްޓް ރޭޓުގެ ގޮތުގައި ކަނޑައެޅީ 0.1 އިންސައްތައެވެ. ފައިސާ ޗާޕުކުރުމުގެ މުއްދަތު އިތުރުކުރަން ފާސްވީ 42 މެންބަރުން އަޣުލަބިއްޔަތުންނެވެ. އެ އިސްލާހު ފާސްކުރަން ނުފެންނަ ކަމަށް ދެ މެންބަރަކު ވޯޓު ދެއްވިއެވެ.

ސަރުކާރުން ފައިސާ ޗާޕު ކުރުމުގެ މުއްދަތު އިތުރު ކުރީ އާމްދަނީ ލިބޭނެ އިތުރު މަގެއް ނުފެނުމުގެ ސަބަބުން ރާއްޖޭގެ އިގްތިސާދު ބަނގުރޫޓުވެދާނެ ކަމުގެ ބިރަށްޓަކައެވެ.

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button