ޚަބަރުސިޔާސީ

ނައިބު ރައީސް ބަންގްލަދޭޝްގެ ރައީސްއާ ބައްދަލުކުރައްވައިފި

ނައިބު ރައީސް ފައިސަލް ނަސީމް، ބަންގްލަދޭޝްއަށް ކުރައްވަމުންގެންދަވާ ދެ ދުވަހުގެ ރަސްމީ ދަތުރުފުޅުގައި އެ ގައުމުގެ ރައީސް އަބްދުލް ހާމިދުގެ އަރިހަށް މިއަދު އިހުތިރާމުގެ ޒިޔާރަތެއް ކުރައްވައިފިއެވެ. މި ބައްދަލުކުރެއްވުން އޮތީ މިއަދު ބަންގްލަދޭޝްގެ ރިޔާސީ ގަނޑުވަރުގައެވެ.

މި ބައްދަލުކުރެއްވުމުގައި، ނައިބު ރައީސް އާއި ބަންގްލަދޭޝްގެ ރައީސް ވަނީ ދެ ގައުމުގެ ދެމެދު އެއްބާރުލުން އިތުރުކުރުމާއި، ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހިކުރެއްވުމާ ބެހޭގޮތުން މަޝްވަރާ ކުރައްވާފައެވެ.

މި ބައްދަލުކުރެއްވުމަށްފަހު، ނައިބު ރައީސް ވަނީ ޑާކާގެ ހޮޓެލް އިންޓަރކޮންޓިނެންޓަލްއަށް ވަޑައިގެން، ބަންގްލަދޭޝްގައި ދިރިއުޅޭ ދިވެހި ދަރިވަރުންނާ ބައްދަލުކުރައްވާފައެވެ.

ނައިބު ރައީސް، ބަންގްލަދޭޝްއަށް ކުރައްވާ މި ދަތުރުފުޅުގައި ވަޒީރުންނާއި ސަރުކާރުގެ އިސްބޭފުޅުންގެ މައްޗަށް އެކުލެވޭ ވަފްދެއް ބައިވެރިވެވަޑައިގަންނަވައެވެ.

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button