ޚަބަރުސިޔާސީ

ހިޔާ ފްލެޓްތައް ތަޅާލަންވެސް ވިސްނިން: މިނިސްޓަރ އަސްލަމް

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމުގެ ވެރިކަމުގައި ހުޅުމާލެ ފޭސް 2 ހިއްކުމަށް ފަހު ތަރައްގީކުރި 7،000 ހައުސިންގެ ޔުނިޓު ތަޅާލުމުގެ ވިސްނުންފުޅެއް ގެންގުޅުއްވި ކަމަށް ޕްލޭނިންގް މިނިސްޓަރ މުހައްމަދު އަސްލަމް ވިދާޅުވެއްޖެއެވެ.

މިނިސްޓަރ އަސްލަމް މިފަދައިން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ނައިފަރު ދާއިރާގެ މެންބަރު އަހުމަދު ޝިޔާމް ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ. އަސްލަމް ވިދާޅުވިގޮތުގައި 25 ބުރީގެ އިމާރާތްތަކެއް ޖެހިޖެހިގެން އެޅުމުގެ ޕްލޭނަކީ ގޯސް ޕެލޭނެކެވެ. އަދި އައްޑޫ ސިޓީގެ އާބާދީވަރުގެ ބޮޑު އާބާދީއެއް ކުޑަތަންކޮޅަކަށް ޖަމާކޮށްފައި ބާއްވަން ކުރީގެ ސަރުކާރުން ނިންމީ ގޯސްކޮށް ކަމަށް އޭނާ ވިދާޅުވިއެވެ.

”ވިސްނިން ތަޅާލަންވެސް. އަޅުގަނޑު އަމިއްލައަށް އެކަނި ނިންމާ ނިންމުމެއް ނަމަ ތަޅާލީމުސް. އޭރުވެސް ދެންނެވިން މިހަދަނީ ކޮތަރު ކޮށްޓެކޭ.“ މިނިސްޓަރ އަސްލަމް ވިދާޅުވިއެވެ.

އަސްލަމް ވިދާޅުވީ ކޮތަރު ކޮށްޓަކަށްވިޔަސް ފެލްޓް ލިބުނު މީހުން އެތަން ދިނުމަށް އެދުމުން ދީފައިވާ ކަމުގައެވެ. އަދި ފެލްޓްތައް ހަވާލުކުުރުމުން އެ ތަނުގައި ދިރިއުޅޭ އާންމުންނަށް ދިމަވާ މައްސަލައިގެ ވާހަކަތައް ދައްކަނީ ކަމަށް އޭނާ ވިދާޅުވިއެވެ. އަސްލަމް ފާހަގަކުރެއްވިގޮތުގައި ސަރުކާރުން އެތަން ބެލެހެއްޓުން ނޫން އިތުރު ގޮތެއް ނެތެވެ.

މެންބަރު ޝިޔާމް އަސްލަމްގެ އަރިހުން އޮޅުން ފިލުވަން ބޭނުންފުޅުވީ ހިޔާ ފެލްޓްތައް ކުށުގެ ވެއްޓަކަށް ބަދަލުވެ އެތަން ނުބެލެހެއްޓިގެން އުޅޭ ސަބަބެވެ. މިކަމާ ގުޅިގެން އަސްލަމް ވަނީ ކުރީގެ ސަރުކާރަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ.

 

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button