ކިއްލާގެ 7 ވަނަ ގިގު މިރޭ ކްލަބްހައުސްގައި ބާއްވަނީ
”ކިއްލާ“ގެ 7 ވަނަ ރަސްމީ ”ގިގު“ މިރޭ ކްލަބްހައުސްގައި ބާއްވަން ނިންމައިފިއެވެ.
”ކިއްލާ“ އިން އާޓިސްޓުންނަށް އަމާޒުކޮށްގެން ފެށި ގިގު ނައިޓްގެ 7 ވަނަ ޝޯ އޮންނާނީ މިރޭ 22:30 އިން 00:00 ހަމައަށެވެ.
މި ޝޯވ ލައިވްކޮށް ހުށަހަޅައިދޭ ދެ ފަންނާނުންނަކީ މޯލްޑިވިއަން އައިޑޮލްގެ ސީޒަން 2 އިން ފެނިގެން ދިޔަ ލަވަކިޔުންތެރިޔާ ހުސެއިން ސަމާހު (ބަޖިއްކޮ) އަދި މަޝްހޫރު މިއުޒިޝަން މުހައްމަދު މާޖިދު ނުވަތަ މެޒޯ މުހައްމަދުގެ ދަރިފުޅު މަހުރާން މުހައްމަދު މާޖިދު އެވެ.
މިރޭގެ ޝޯވް ސޮޕްންސަރ ކޮށްފައިވަނީ ޑައިމަންޑުގެ ފަރާތުންނެވެ. ޑައިމަންޑަކީ ކައިވެނީގެ ހަފްލާތަކަށް ބޭނުންވާ ހުރިހާ ސާމާނެއްގެ ވިޔަފާރި ކުރަމުން އަންނަ ފޭސްބުކް ޕޭޖެކެވެ. މީގެ އިތުރުންވެސް ހެޔޮއެދޭ އެކި ފަރާތްތަކުން މިރޭގެ ޝޯވ އަށް ބޮޑު އެހީތެރިކަމެއް ވަނީ ލިބިފައެވެ.
ކިއްލާ ގިގު ނައިޓަކީ ލަވައާއި މިއުޒިކީ ފަންނާނުންނަށް އަމާޒުކޮށްގެން ރާއްޖޭގައި މުޅިން އަލަށް ކްލަބަކުން ފެށި މަސައްކަތެކެވެ.
ގެސްޓް ހައުސްތަކާއ ސަފާރީ ބޯޓުތަކަށް އަމާޒުކޮށްގެން “ކިއްލާ” އިން ކޮންމެ ބުދަ ދުވަހެއްގައި ހުށަހަޅައިދޭ ލައިވް ލޯންޖު ޝޯވްގެ ތިންވަނަ ޝޯވ ކްލަބްހައުސްގައި މިރޭ 21:00 ގައި ބާއްވަން ނިންމައިފިއެވެ.
ކިއްލާއިން ބުނާގޮތުގައި އެ ކްލަބްގެ އަމާޒަކީ އާޓިސްޓުން ގޭގައި ތިބެގެން ކަލްބް ހައުސްގައި ދޮޅު ގަޑިއެއްހާއިރު ޝޯވް ކުޅެގެން އެކަށީގެންވާ ރަނގަޅު އާމްދަނީއެއް ލިބޭނެ މަގު ތަނަވަސްކޮށްދިނުމެވެ. އަދި އެ ކްލަބްގެ އަނެއް 2 އަމާޒު ކަމަށްވާ ކުދި އަދި މެދުފަންތީގެ ވިޔަފާރިވެރިންނަށް ކުރިޔަށް ދެވޭނެ މަގު ކޮށައިދިނުމާއި ރާއްޖޭގެ މަސްރަހުގައި ހިނގާ މުހިންމު ކަންކަމާގުޅޭގޮތުން ހިޔާލު ބަދަލުކޮށް އާންމުން ހޭލުންތެރި ކުރުވުމުގައި އައު ހަރުފަތަކަށް ވާސިލްވުމެވެ. ކިއްލާއިން މިހާރު ވަނީ ވިޔަފާރި އުސޫލުން އިވެންޓާއި ޕްރޮގްރާމްތައް ހިންގަން ބޭނުންވާ ފަރާތްތަކަށް ގަޑި ދޫކުރުމުގެ މަސައްކަތްވެސް ފަށާފައެވެ.