ޚަބަރު
ހަތިމަށް ކުޅު ޖެހި މީހާގެ ބަންދަށް އިތުރު 5 ދުވަސް ޖަހައިފި

އިބްރާހީމް މިސްކިތަށް އަރައި ހަތިމަށް ކުޅުޖެހި މީހާގެ ބަންދަށް އިތުރު 5 ދުވަސް ޖަހައިފިއެވެ.
ކްރިމިނަލް ކޯޓުން ހަސަން ޒިޔާދު، 40 ގެ ބަންދުގެ މުއްދަތު އިތުރު، ކުރިއިރު އޭނާ އަކީ ދެ މިސްކިތެއްގެ އިތުރުން ރައީސް އޮފީހުގެ ކުރިމައްޗަށް ކުޑަކަމު ދިޔަ މައްސަލައިގައި ހައްޔަރު ކުރުމަށްފަހު ދޫކޮށްލި މީހެކެވެ.
ހަތިމަށް ކުޅު ޖެހި މައްސަލައިގައި ޒިޔާދު ކޯޓަށް ގެންދިޔުމުން އޭނާ ވަނީ އެކަމަށް އެއްބަސްވެފައެވެ.
މީގެ ކުރިން ފުލުހުން ބުނިގޮތުގައި އޭނާއަކީ ނަފްސާނީ މައްސަލަ ހުންނަ މީހެކެވެ. އެކަމަކު ޓެސްޓުތައް ހެދުމަށްފަހު އޭނާގެ އެފަދަ މައްސަލައެއް ނެތްކަމަށް ޖެންޑަރ މިނިސްޓްރީ އިން ވަނީ ބުނެފައެވެ.