
މޫސުމާބެހޭ ބައްދަލުވުން، ކޮޕް26 ގައި ބައިވެރިވެވަޑައިގަތުމަށް އިނގިރޭސިވިލާތަށް ކުރެއްވި ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު މިއަދު މާލެ ވަޑައިގެންފިއެވެ.
މި ބައްދަލުވުން ކުރިޔަށް ދިޔައީ މިިދިޔަ މަހުގެ 31 އިން މިމަހުގެ 12ގެ ނިޔަލަށެވެ.
މޫސުމާބެހޭ ބައްދަލުވުން، ކޮޕް26 ގައި ބައިވެރިވެވަޑައިގަތުމަށް އިނގިރޭސިވިލާތަށް ކުރެއްވި ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދު މިއަދު މާލެ ވަޑައިގެންފި pic.twitter.com/ntvWTKSppP
— People's Majlis (@mvpeoplesmajlis) November 21, 2021
ރައީސް ނަޝީދު މީގެ ކުރިން ހޮޓެލް ޖެންގައި ހުންނެވި ނަމަވެސް، އެމަނިކުފާނު ދެން ހުންނަވާނީ ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ ވަގުތީ ގެކޮޅުގެ ގޮތުގައި ހަމަޖެއްސި މ.މުރައިދޫގޭގައެވެ.