ޚަބަރުސިޔާސީ

މުލިއާގެއަށް ދުވާލަކު ހަރަދު 76،564 ރުފިޔާ!

ރައީސުލްޖުމްހޫރިއްޔާގެ ރަސްމީ ގެކޮޅު މުލީއާގެ ބަޖެޓުގެ ގޮތުގައި 28،651،359 ރުފިޔާ ސަރުކާރުން ހަމަޖެއްސުމަށް ހުށަހަޅައިފިއެވެ.

ރައްޔިތުންގެ މަޖިލީހަށް ހޯމަ ދުވަހު ހުށަހަޅާފައިވާ އަންނަ އަހަރުގެ ބަޖެޓުގައި ވާގޮތުން ރައީސްގެ ރަސްމީ ގެކޮޅު މުލީއާގޭގެ ހިންގުމުގެ ހަރަދު 27،946،159 ރުފިޔާ އަދި ކެޕިޓަލް ހަރަދުގެ ގޮތުގައި 705،200 ރުފިޔާ ހުށަހަޅާފައިވެއެވެ. އަދި މިއީ ވޭތުވެ ދިޔަ ތިން އަހަރަށް ބަލާއިރު ބޮޑު ބަޖެޓެއްކަން ފާހަގަކޮށްލެވެއެވެ. އަދި މީގެ އިތުރު 6.5 މިލިއަން ރުފިޔާ ބަޖެޓުގެ ގޮތުގައި ނައިބް ރައީސް ދިރިއުޅުއްވާ ހިލާލީގެއަށް ހަރަދު ކުރުމަށް ހުށަހަޅާފައިވެއެވެ.
އަންނަ އަހަރުގެ ދައުލަތުގެ ބަޖެޓު 8 ބިލިއަން ރުފިޔާއިން ޑެފިސިޓް ވާނެކަމަށް ލަފާކޮށް އާމްދަނީ އިތުރު ކުރުމަށް ޖީއެސްޓީ އަދު ޓީޖީއެސްޓީ ބޮޑު ނުކުރެވިއްޖެނަމަ، ޑެފިސިޓް 14 ބިލިއަނަށް އަރާނެކަމަށް ސަރުކާރުން ބުނެފައިވެއެވެ.
މީގެ އިތުރުން ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވަނީ އަގުބޮޑު ދެ ކާރު އެމަނިކުފާނު އާއި އަނބިކަނބަލުންނަށް ގަތުމަށް 16 މިލިއަން ޑޮލަރު ދައުލަތުގެ ބަޖެޓުގައި ހިމަނާފައެވެ. މި ހަރަދުތައް މަޑު ޖައްސާލައި ދަރަނި ކުޑަކުރެވޭނެގޮތެއް ހޯދައި ނުދެވުމަކީ ރައީސް ސޯލިހުގެ ހުރި ނާގާބިލުކަން ދައްކުވައިދޭ ކަމެއްކަމަށް ރައްޔިތުން ދެކެއެވެ.

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button