ޚަބަރުސިޔާސީ

ޗާގޯސް މައްސަލައިގައި މޮރިޝަސްއަށް ރައީީސް ސޯލިހު ފޮނުއްވި ސިޓީ ހޯދުމަށް ހުށަހަޅައިފި!

ޗާގޯސް ރަށްތަކުގެ ސިޔާދަތީ ބާރުވެރިކަން މޮރިޝަސްއަށް އޮތް ކަމަށް ރާއްޖެއިން އެއްބަސްވެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އެގައުމުގެ ބޮޑުވަޒީރައް ފޮނުއްވި ސިޓީ ހޯދަން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފި އެވެ.

ޗާގޯސްގެ ކަނޑުގެ ސަރަހައްދާއި ރާއްޖޭގެ އިގްތިސާދީ ސަރަހައްދާއި ފުށުއެރުން ހުރިކަމަށްބުނެ ބައިނަލްއަގްވާމީ ޓްރައިބިއުނަލް އަށް މޮރިޝަސްގެ ފަރާތުން ރާއްޖެއާއި ދެކޮޅަށް މައްސަލަ ހުށައަޅައިގެން މި މައްސަލަ ކުރިއަށްދަނިކޮށް ، 2022 އޮގަސްޓް ‏22 ވަނަ ދުވަހު މޮރިޝަސްގެ ބޮޑު ވަޒީރަށް ރައީސް ސޯލިހު ،މޮރިޝަސްއަށް ޗާގޯސްގެ ސިޔާދަތީ ބާރު ލިބިގެންވާކަމަށް ގަބޫލުކޮށް ސިޓީއެއް ފޮނުވައިފައިވާކަމަށް އެޓާނީ ޖެނެރަލް ބައިނަލްއަގުވާމީ ޓްރައިބިއުނަލްގައި ވިދާޅުވެފައިވެއެވެ.

މި މައްސަލައާއި ގުޅިގެން މަހިބަދޫ ދާއިރާގެ މެންބަރު އަހުމަދު ތޯރިގު ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް ފޮނުއްވި ސިޓީގައި ވިދާޅުވީ މި މައްސަލާގައި ސިޔާދަތު ބަދަލުކުރުމުގެ ސަބަބުން ރާއްޖޭގެ ހާއްސަ އިގްތިސާދީ ސަރަހައްދުން ބައެއް އުނިވެގެންދާކަމަށެވެ.

މެންބަރު ތޯރިގު އެދިވަޑައިގަތީ، މިއީ ގާނޫނު އަސާސީގެ ތިންވަނަ މާއްދާއިން ކަނޑައަޅާފައިވަ ރާއްޖޭގެ ސަރަހައްދަށް ބަދަލު އަންނާނެ ހާލަތެއް މެދުވެރިވާ ކަމަކަށް ވާތީވެ ކަމާ ބެހޭ ކޮމެޓީއަށް ސިޓީ ގެންނަވައި  މައްސަލަ ބައްލަވައިދެއްވުމަށެވެ.
މީގެ ކުރިންވެސް ޗާގޯސް ކަނޑުގެ ސަރަހައްދު ކަނޑައެޅުމުގެ މައްސަލައިގައި ރާއްޖެއިން ވޯޓު ދީފައިވަނީ އިނގިރޭސިވިލާތާ އެއްކޮޅަށެވެ.ނަމަވެސް ރާއްޖޭގެ ސްޓޭންޑް މިކަމުގައި ކުއްލިއަކަށް ބަދަލުވެފައިވާއިރު ރައީސް ސޯލިހު ފޮނުއްވި ސިޓީ  ރައްޔިތުންނަށް ހާމަކޮށްދޭން ޖެހޭނެކަމަށް ރައްޔިތުން ދަނީ ބުނަމުންނެވެ. ނަމަވެސް މި ސަރުކާރުންދަނީ އެކަމަށް އިންކާރުކުރަމުން ރައްޔިތުންނަށް ކަމުގެ ހަގީގަތް ސިއްރު ކުރަމުންނެވެ.

One Comment

  1. ތިކަމުގައި އިނގިރޭސި ވިލާތާއި އެއްކޮޅަށް ވޯޓު ދޭންޖެހޭ ތޯ ؟ އެވެސް ގޯހެއް ޗާގޯސް އަކީ އިނގިރޭސި ވިލާތުގެ ތަނެއްތޯ ؟ ނުވަތަ އެމީހުން އިސްތިޢުމާރު ކުރި ކުރުމަކީ އެމީހުންނަށް އެތަނުގެ ސިޔާސަތު ބާރު ދާއިމަށް ލިބިގެންވާ ކަމެއްތޯވެސް ވިސްނަންޖެހޭ. ތިޔައީ ދިވެހިން ގެ ތަނެއްކަން ކަށަވަރު

Leave a Reply

Your email address will not be published. Required fields are marked *

Back to top button