ޚަބަރުސިޔާސީ

އަންނަ އަހަރު ނުކުޅެދުންތެރި ފަރާާތްތަކަށް އެހީ ދޭ ބަޖެޓު ކުޑަކޮށްފި!

އަންނަ އަހަރުގެ ބަޖެޓުގައި ބަލިވުމާއި ނުކުޅެދުންތެރިކަން ހުންނަ ފަރާާތްތަކަށް އެހީ ދޭ ބަޖެޓު ކުޑަކޮށްފިއެވެ.

ސަރުކާރުން ހުށަހެޅި އަންނަ އަހަރުގެ ބަޖެޓުގައި ބަލިވުމާއި ނުކުޅެދުންތެރިކަން ހުންނަ ފަރާާތްތަކަށް އެހީގެ ގޮތުގައި ކަނޑަ އަޅާފައިވަނީ 1.6 ބިލިއަން ރުފިޔާއެވެ. މިއަހަރުމި ކަމަށް ބަޖެޓުގައި ހުށަހަޅާފައިވަނީ 2.1 ބިލިއަން ރުފިޔާއެވެ. އަދި މި އަހަރާ އަޅާ ބަލާއިރު މިއީ 500 މިލިއަން ރުފިޔާގެ ދަށްވުމެކެވެ. އަދި މިއާއި އެކު އެންސްޕާއަށް ކަނޑައެޅި ބަޖެޓުވެސް ސަރުކާރުވަނީ ކުޑަކޮށްފައެވެ.މި އަހަރު 2.2 ބިލިއަން ރުފިޔާ ކަނޑައަޅާފައިވާއިރު, އަންނަ އަހަރުގެ ބަޖެޓުގައި ކަނޑައަޅާފައިވަނީ 1.9 ބިލިއަން ރުފިޔާއެވެ. މިއީ 300 މިލިއަން ރުފިޔާގެ ދަށްވުމެކެވެ.

ބަޖެޓު ފޫ ބެއްދުމަށް ސަރުކާރުންދަނީ ޖީއެސްޓީ ބޮޑުކުރަން މަސައްކަތް ކުރަމުންނެވެ. އަދި މަޖިލީހުގެ ކޮމިޓީއިން ވަނީ މި ބިލް ފާސްކޮށްފައެވެ. އަދި ރައްޔިތުން މަޖިލީހުންވެސް އެބިލް ފާސް ކުރާނެކަމަށް ލަފާކުރެވެއެވެ.

ސަރުކާރުން މިފަދަ މުހިއްމު ރައްޔިތުންނާއި ގުޅުންހުރި ކަމަކަށް ސަރުކާރުގެ ބަޖެޓުން ހަރަދު ކުރުމަށް ފަސްޖެހި ބޭކާރު ކަންތައްތަކަށް ހަރަދު ކުރަމުން ދާތަން މިދަނީ ފެނިގެންނެވެ. އޭގެ ތެރޭގައި ރައީސް އިބްރާހީމް މުހައްމަދު ސޯލިހު އަދި ފަސްޓްލޭޑީ މެޑަމް ފަޒްނާ އަހުމަދު ދަތުރުކުރެއްވުމަށް ދެ ކާރުކޮޅު ގެނައުމަށް 16 ބިލިއަން ޑޮލަރު ހިމަނާފައިވާކަން ފާހަގަޮށްލެވެއެވެ. އެންސްޕާ އަކި އިޖުތިމާއީ ރައްކާތެރިކަން ބޭނުންވާ ފަރާތްތަކަށް އެހީތެރިވުމަށް ހަރަދުކުރާ ތަނަކަށްވީީއިރު މިކަމުގެ ސަބަބުން އާއްމުންގެ ތެރެއިން އެހީތެރިކަން ބޭނުންވާ ކިތަންމެ މީހަކު މިކަމުން މަހުރޫމު ވެގެންދާނެއެވެ.

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button