އެމްއެންޔޫއިން ކްރިސްމަސް ޕްރޮމޯޓް ކުރަނީ!

ފާޅުގައި މޯލްޑިވްސް ނެޝަނަލް ޔުނިވާސިޓީ (އެމްއެންޔޫ) އިން ނަސާރާ ދީނުގެ ކްރިސްމަސް ޕްރޮމޯޓް ކުރަމުންދާކަމަށް ޝެއިހް ނިޝާން ވިދާޅުވެއްޖެއެވެ.
ޝެއިހް ނިޝާާން މިގޮތަށް ވިދާޅުވީ އެމްއެންޔޫގެ ނޯޓިސް ބޯޑުގައި ހުރި ފޮޓޯއެއް ހިއްސާ ކުރެއްވައި ކުރެއްވި ޓްވީޓެއްގައެވެ.
މި ފޮޓޯގައިވަނީ ނަސާރާ ދީނުގެ މީހުން ފާޅުކުރާ އެމީހުންގެ ބޮޑު ދީނީ އީދު ކަމަށްވާ ކްރިސްމަސްގެ ކުރެހުންތަކެވެ. އަދި އިޝްތިހާރު ބޯޑުތައް އެމްއެންޔޫގެ ބޭރުގައި ހަރުކޮށްފައިވީއިރު ކުރިއަށް އޮތީ އެމީހުން ދީނީ ގޮތުން ފާހަގަކުރާ ކްރިސްމަސް ދުވަސް ކަމަށް ވީއިރުމި، ފޮޓޯތަކުން ފެންނަންހުރި ކުރެހުމަކީ ކްރިސްމަސް ފާހަގަކުރާ ކުރެހުންތަކަށް ވުމަކީ އިއްތިފާގެއް ނޫންކަމަށްވެސް ޝެއިހް ނިޝާން ވިދާޅުވިއެވެ.
”މިއީ މިދީބުގައި އެހެން ދީންތައް ފެތުރުމަށް، ކޯއެގްޒިސްޓެންސްއާއި ޓޮލަރެންސްގެ ނަމުގައި މިސަރުކާރުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން ވަރަށް ބޮޑަށް ރޭވިގެން ހިންގަމުންދާ ކަންކަން“ ޝެއިޚް ވިދާޅުވިއެވެ.
ކުފުރާއި ޝިރުކުން މިފަސްގަނޑު ނަޖިސްކުރަމުންދާއިރު މިކަމާއި ހަމައަޅައިވެސް ނުލާ ތިބެންވީތޯ ވިދާޅުވެ މިއަދު މިކަންކަން ވަރިހަމަކޮށްލައިގެން ތިބެއްޖެނަމަ މާދަމާ މިކަމުގެ ހިތި ދެކޭނެ ކަމަށްވެސް ޝެއިހް ވިދާޅުވިއެވެ.