
އިންޑިއާގެ މަދްޔަ ޕްރަދޭޝްގައި 13 އަހަރާއި 17 އަހަރުގެ ދެ ފިރިހެން ކުއްޖަކު، އިއްޔެގެ ވަގުތެއްގައި ވެހިކަލެއްގައި ބަނދެ، މަގުމަތީގައި ދުއްވައި އާއްމުންގެ ބަޔަކު އަނިޔާކޮށްފިއެވެ.
މި ހާދިސާ ހިނގާފައިވަނީ މިދިޔަ ހަފްތާގެ ވަގުތެއްގައި ދެ ފިރިހެން ކުއްޖަކު މޯބައިލް ފޯނެއް ވަގަށް ނެގި ކަމުގެ ތުހުމަތުގައި ކަމަށް އިންޑިއާގެ ނޫސްތަކުން މައުލޫމާތު ދެއެވެ. ގިނަ އާއްމުންތަކެއް ހިމެނޭ ގޮތައް މި އަމަލު ހިންގާފައިވާއިރު މިގޮތައް މަގުމަތީގައި މީހުނަށް އަނިޔާކޮށް ވީޑއޯ އާއްމު ކުރުމަކީ އިންޑިއާގައި އާއްމު ކަމެކެވެ.
މި ވީޑިއޯއާއި ގުޅިގެން ގިނަ ބަޔަކު ބުނެފައިވަނީ، މިބާވަތުގެ ވީޑިއޯތައް ފެނުނީ ހަމައެކަނި އަފްޣާނިސްތާނުން ކަމަށާއި، އެ ވީޑިއޯތައް ކުށްވެރިކޮށް، ޓެރަރިޒަމްގެ ގޮތުގައި ކިޔަމުން ދިޔަކަމަށެވެ.
ނަމަވެސް މިހާރު ކޮންމެ ދުވަހަކު ހެން ފެންނަނީ އިންޑިއާގެ ގިނަ ހިސާބު ތަކެއްގައި ރެކޯޑް އަދަދަކަށް މަގުމަތީގައި މީހުނަށް ލާއިންސާނީ އަމަލުތައް ހިންގާ ވީޑިއޯތައް ކަމަށެވެ.
މޯދީގެ ވެރިކަމުގައި ވަރަށް ބޮޑު ކުރިއެރުމެއް ލިބިއްޖެ ކަމަށާއި މިހާރު އިންޑިއާގައި ޝަރީއަތް ގާއިމް ކުރަނީ އާާއްމު ރައްޔިތުން މަގުމަތީގައި ކަމަށް ގިނަ ބަޔަކު ފާޑުކިޔައި މޯދީއަށް ޝުކުރު އަދާކޮށްފައިވެސް ވެއެވެ.