ޚަބަރުސިޔާސީ

ރައީސްގެ ދެކަނބަލުން ދުއްވުމަށް ދެކާރު ގަންނަން ބަޖެޓުގައި 16 މިލިއަން ރުފިޔާ ހިމަނައިފި!

ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި އަނބިކަނބަލުން ފަޒްނާ އަހުމަދު ދުއްވުމަށް ދެ ކާރު ގަންނަން އަންނަ އަހަރަށް ލަފާކުރާ ބަޖެޓުގައި 16 މިލިއަން ރުފިޔާ ހިމަނައިފިއެވެ.

މަޖިލީހަށް ހޯމަ ދުވަހު ހުށަހަޅާފައިވާ އަންނަ އަހަރުގެ ބަޖެޓުގައި، ހިމަނާަފައިވާ ބައެއް ޕޮރޮގްރާމްތަކުގެ ތެރެއިން ދިވެހިރާއްޖޭގެ ގައުމީ ދިފާއީ ބާރުގެ ދަށުން 241 ކޮމެޓީގެ ރެކޮމެންޑޭޝަން ތަންފީޒުކުރުމަށް ބޭނުންވާ ބަޖެޓުގައި 16.6 މިލިއަން ރުފިޔާ ކަނޑައަޅާފައިވާއިރު އެ ފައިސާ ބޭނުން ކުރުމަށް ހަމަޖެހިފައިވަނީ ރައީސްގެ ދެކަނބަލުންގެ ބޭނުމަށް ދެ ކާރު ގެނައުމަށެވެ.

މިކާރު ގަތުމަށް ޑިފެންސް މިނިސްޓްރީއިން ވަނީ ފިނޭޭންސް މިނިސްޓްރީއަށް ސިޓީ ފޮނުވާފައެވެ. އަދި ސިޓީއާއި އެކު ތިން ކުންފުންޏަކުން ނަގާފައިވާ ކޯޓޭޝަންވެސް ހިމެނެއެވެ. އެ ތިން ތަނުގެ ތެރެއިން އެންމެ ކުޑަ އަގެއް ހުށަހަޅާފައިވަނީ ސްރީލަންކާގެ ކުންފުނިންނެވެ. އެއީ 5.7 މިލިއަން ރުފިޔާއެވެ. ދެން ދުބާއީ ކުންފުނިން ހުށަހަޅާފައިވަނީ 6.2 މިލިއަން ރުފިޔާއެވެ. އަދި މި އާއިއެކު ޖަރުމަނު ކުންފުނިން ހުށަހަޅާފައިވަނީ 7.4 މިލިއަން ރުފިޔާއެވެ.

އެގޮތުންމި ދެ ކާރު ގަތުމަށް ހަމަޖެހިފައިވަނީ އެންމެ އަގުބޮޑު  އަގެއް ހުށަހަޅާފައިވާ ޖަރުމަނުވިލާތުގެ ކުންފުނިންނެވެ. ގަތުމަށް ހަމަޖެހިފައިވަނީ މާޒިޑީޒް ބެންޒް މާއިބަޚް ޒެޑް 223 ސީރީސްގެ 2 ކާރެވެ. މިއީ އެންމެ މުއްސަނދި ގައުމުތަކުގެ ވެރިންގެ މެދުގައި ވަރަށް މަގުބޫލު ކާރެކެވެ.

މިވަގުތު ރައީސް ސޯލިހު ދުއްވާ ކާރުކޮޅަކި ވަރަށް އަގޮބޮޑު އާ ކާރެކެވެ. އަދި މެޑަމް ފަޒްނާ ދުއްވަނީ މުލީއާގެއަށް ރަޖިސްޓްރީ ކޮށްފައިވާ ފަހުގެ ބެންޒް ކާރެކެވެ. ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމްގެ ވެރިކަމުގައި މާޒިޑީޒް ބެންޒްގެ ކާރެއް ގަތުމުން އެކަމާ އެމްޑީޕީ އިން ވަނީ ވަރަށް ބޮޑަށް ފާޑުކިޔާފައެވެ. ރައީސް ނަޝީދުގެ ވެރިކަމުގައި ރިޔާސީ ކާރުކޮޅުތައް ދެއްކެވުމަށްފަހު އެއީ ބޭކާރު ހަރަދުކަމަށް ބުނުމަށްފަހު ރައީސް ނަޝީދު ސަރުކާރުންވެސް ބޭނުންކުރީ ހަމަ އެކާރުތަކެވެ. 2011 ވަނަ އަހަރު ބޭއްވި ސާކު ސަމިޓަށް އަގު ބޮޑެތި ކާރުތައް ވަނީ ގަނެފައެވެ. އަދި އެ ކާރުތައް ގަނެފައިވަނީ މާލިއްޔަތު ގާނޫނާއި ހިލާފަށްކަމަށް އޮޑިޓް ރިޕޯޓުތަކުން ހާމަވެއެވެ.

ދިވެހިރާއްޖޭގެ ރިޒާވް ދަށަށް ގޮސް ދުވަހުގެ ހަރަދު ކުރުމަށްވެސް ސަރުކާރުގެ ބަޖެޓު ނުކުޅެދިފައިވާ މި ހާލަތުގައިވެސް ރައީސް ސޯލިހުއަށް ކުރައްވަން އެނގިވަޑައި ގެންނެވި ކަމަކީ މިއީ ކަމަށް ބުނެ ގިނަ ބައެއްގެ ފާޑުކިއުން އެމަނިކުފާނަށް ވަނީ އަމާޒު ވެފައެވެ.

One Comment

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button