ޚަބަރުސިޔާސީ

އިންޑިއާ ސިފައިން ރާއްޖެ އިން ބާލަން ޕެޓިޝަނެއްގައި ސޮއި ކުރަން ފަށައިފި

ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ބޭލުމަށް އިންޑިއާ ސަރުކާރުގައި އެދުމަށް އިދިކޮޅު ޕީޕީއެމް އިން ޕެޓިޝަނެއްގައި ސޮއި ކުރަން ފަށައިފިއެވެ.

މި ޕެޓިޝަނުގައި ސޮއި ކުރަން ފަށާފައި ވަނީ މިރޭ އިދިކޮޅު ޕީޕީއެމް އިން ކާނިވާ ސަރަހައްދުގައި ބާއްވަމުން ގެންދާ ”މިނިވަންކަމުގެ ދިފާއުގައި ދިވެހީން“ މި ޖަލްސާގައެވެ.

މި ޕެޓިޝަނުގައި ބުނެފައިވަނީ ރައީސް ސޯލިހުގެ ސަރުކާރުން އިންޑިޔާގެ ސަރުކާރާއެކު ސިއްރު އަސްކަރީ އެއްބަސްވުންތަކެއް ގާއިމްކޮށް، އިންޑިޔާގެ ޢަސްކަރީ ބޭނުންތަކަށް ދިވެހިރާއްޖޭގެ ސަރަޙައްދު ބޭނުންކުރުމުގެ ފުރުސަތު ދީފައިވަނީ ދިވެހިރާއްޖޭގެ ގާނޫނު އަސާސީއާއި ގާނޫނުތަކާ ހިލާފަށް ކަމަށެވެ.

އިދިކޮޅު ކޯލިޝަނުން އިންޑިއާގެ އަސްކަރިއްޔާ ބޭލުމަށް ގޮވާލައި ޕެޓިޘަނެއްގައި ސޮއި ކުރަން ފަށައިފައި މިވަނީ ”އިންޑިއާ އައުޓް“ ގެ ނަމުގައި މީސް މީޑިއާދައި ގިނަ އަދަދެއްގެ ރައްޔިތުންތަކެއް އިންޑިއާ އަސްކަރިއްޔާ ރާއްޖެއިން ބޭލުމަށް ގޮވަމުންދާ ދަނޑިވަޅެއްގައެވެ.

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button