ޚަބަރުސިޔާސީ

ނުހައްގު ބާރުތައް ބޭނުން ކުރުމަކީ ތަހުޒީބު ކަމެއް ކަމަކަށް ނުދެކެން: އާދަމް ޝަރީފް

ނުހައްގުން ބާރުތައް ބޭނުން ކުރުމަކީ ތަހުޒީބް ކަމެއް ކަމުގައި ނުދެކޭ ކަމުގައި މަޑުއްވަރީ ދާއިރާގެ މެންބަރު އަދި ޕީއެންސީގެ ޕީޖީ ލީޑަރު އާދަމް ޝަރީފް އުމަރު ވިދާޅުވެއްޖެއެވެ.

އާދަމް ޝަރީފް މިފަދައިން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ އެކުވެރިންނަށް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ ވީއައިޕީ ލޯންޖު ބޭނުން ކުރެވޭ ގޮތް ހެދުމަށް ތާއީދު ނުކުރާ ކަމުގައި ވިދާޅުވެ ކުރެއްވި ޓްވީޓެއްގައެވެ.

އާދަމް ޝަރީފް މިއަދު ކުރެއްވި ޓުވީޓުގައި ވިދާޅުވީ، އެއާޕޯޓް ވީއައިޕީ ލައުންޖު ބޭނުން ކުރެވޭ ގޮތް ހަދާކަށް ތާއިދެއް އޭނާ ނުކުރައްވާ ކަމަށެވެ. އަދި އެގަވައިދު ބަދަލު ކުރާނެ ކަމަށް އުއްމީދު ކުރާ ކަމަށް އޭނާ ވިދާޅުވިއެވެ.

”ނުހައްގު ބާރުތައް ބޭނުން ކުރުމަކީ ތަހުޒީބު ކަމެއް ކަމަކަށް ނުދެކެން. ގަވައިދު ބަދަލު ކުރާނެ ކަމަށް އުއްމީދު ކުރަން“ އާދަމް ޝަރީފް ވިދާޅުވިއެވެ.

އާދަމް ޝަރީފްގެ އިތުރުން މަޖިލީހުގެ ނައިބް ރައީސާ އީވާ އަބްދުﷲ ވެސް ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ ރައްޓެހިންނަށް އެއާޕޯޓުގެ ވީއައިޕީ ލައުންޖްގެ ހިދުމަތް ދިނުމާއިމެދު ދެކޮޅު ހަދާފައިވެއެވެ.

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button