ޚަބަރު

އައްޑޫ ސިޓީ އެމްޑީޕީ ހަރުގޭގެ ތަޅުން އެޅުމުގައި އިންޑިއާގެ އެފްކޮންސް އިން އަވަދި ނެތި، ބޮޑު ކޮރަޕްޝަނެއް!

އައްޑޫ ސިޓީ ހިތަދޫ އެމްޑީޕީ ހަރުގޭގެ ތަޅުންގަނޑު ތިލަމާލެ ބުރިޖުގެ މަސައްކަތް ކުރުމަށް ހަވާލުކޮށްފައިވާ އިންޑިއާގެ އެފްކޮންސް އިން އަޅައިދޭ މައްސަލައެއް ފެންމަތިވެއްޖެއެވެ.

ހިތަދޫ އިން ”ބޮންތި“ އަށް މައުލޫމާތު ދެމުން މީހަކު ބުނީ ހަރުގޭގެ އެތެރޭގެ ތަޅުން އެޅުމާއި ހަރުގެ ރީތި ކުރުމުގެ މަސައްކަތް އެފްކޮންސް އިން ކުރަމުންދާ ކަމުގައެވެ.

އިދިކޮޅު ޕީއެންސީގެ ސެނެޓަރ އަދި އައްޑޫ ސިޓީގެ ޕީޕީއެމް ސްޓިއަރިން ކޮމިޓީގެ މެމްބަރެއް ކަމަށްވާ ހުސެއިން ރަޝީދު ”ބޮންތި“ މައުލޫމާތު ދެއްވަމުން ވިދާޅުވީ އެ މައްސަލަ މިހާރު އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށް ހުށަހަޅުއްވާފައިވާ ކަމުގައެވެ.
”ސިޔާސީ ޕާޓީތަކުގެ ގާނޫނާއި ހިލާފަށް ސަރުކާރު ޕްރޮޖެކްޓެއްގައި އުޅޭ ބަޔަކު ލައްވައި އަމިއްލަ ޕާޓީގެ މަސައްކަތް ކުރުވުމަކީ ކޮރަޕްޝަން.“ ހުސެއިން ވިދާޅުވިއެވެ.

އައްޑޫ ސިޓީގެ މަގުތައް ހަދަން އެފްކޮންސް އާއި ހަވާލުކޮށްފައިވާއިރު، މަގުތަކުގެ ފެންވަރު ދަށްކަމުގެ ޝަކުވާތައް ރައްޔިތުން ކުރަމުންދާ ކަމަށް އޮންލައިން ނޫހެއް ކަމުގައިވާ ”ދިޔަރެސް“ ނޫހުން ވެސް މި މައްސަލައިގެ ހަބަރު ޝާއިރު ކުރިއިރު، ރިޕޯޓު ކޮށްފައިވެއެވެ.

އެފްކޮންސް އާއި ތިލަމާލެ ބުރިޖު ހެދުމުގެ މަސައްކަތް ހަވާލުކޮށްފައިވާއިރު، އެ ކުންފުންޏަކީ އެފަދަ އެއްވެސް މަޝްރޫއެއް ކާމިޔާބު ކަމާއެކު ނިންމާފައިވާ ކުންފުންޏެއް ނޫނެވެ.

2 Comments

  1. ތިކަންވެސް އައްޑޫ ބުރާންތި ތަކައް އޯކޭ ވާނެ ލާދީނީ އެމްޑީޕީގެ ސިހުރުޖެހި ނިމިފައި ވާތަނެއްތީ އެކަން އެބަ އެނގޭ ދޯ ދާދިފަހަކުން އަލަމްގިރީގެ ވާރިސަކު ތި އަތޮޅައް ދިޔައިމާވެސް ހީވަނީހޭ ބަލިވާ ބަޔެއްޚެން

  2. އޭސީސީ އަށް ކޮރަޕްޓް އެމްޑީޕީ ގެ މައްސަލައެއް ހުށަހެޅުމަކީ އެމްޑީޕީ ހާސްވާނެ ކަމެއްނޫން. އެހެނީ ތިޔަ މައްސަލައެއް ނުވެސް ބަލާނެ ބެލިޔަކަ ނުވެސްދޭނެ.

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button