އައްޑޫ ސިޓީ އެމްޑީޕީ ހަރުގޭގެ ތަޅުން އެޅުމުގައި އިންޑިއާގެ އެފްކޮންސް އިން އަވަދި ނެތި، ބޮޑު ކޮރަޕްޝަނެއް!

އައްޑޫ ސިޓީ ހިތަދޫ އެމްޑީޕީ ހަރުގޭގެ ތަޅުންގަނޑު ތިލަމާލެ ބުރިޖުގެ މަސައްކަތް ކުރުމަށް ހަވާލުކޮށްފައިވާ އިންޑިއާގެ އެފްކޮންސް އިން އަޅައިދޭ މައްސަލައެއް ފެންމަތިވެއްޖެއެވެ.
އިންޑީއާގެ އެގްޒިމް ބޭންކުގެ ލައިން އޮފް ކުރެޑިޓްގެ ދަށުން މިސަރުކާރުން އެފްކޯންސް މެދުވެރިކޮށް އައްޑޫސިޓީ ހިތަދޫ އެމްޑީޕީ ހަރުގޭ ތަޅުން އަޅަނީ , ފާޅުގަ ކޮރައްޕުޝަން ! @MDPSecretariat @ACC_Maldives pic.twitter.com/2dI4yAG5FR
— Hucein Matrix (@HuceinRasheed) October 11, 2022
އައްޑޫ ސިޓީގެ މަގުތައް ހަދަން އެފްކޮންސް އާއި ހަވާލުކޮށްފައިވާއިރު، މަގުތަކުގެ ފެންވަރު ދަށްކަމުގެ ޝަކުވާތައް ރައްޔިތުން ކުރަމުންދާ ކަމަށް އޮންލައިން ނޫހެއް ކަމުގައިވާ ”ދިޔަރެސް“ ނޫހުން ވެސް މި މައްސަލައިގެ ހަބަރު ޝާއިރު ކުރިއިރު، ރިޕޯޓު ކޮށްފައިވެއެވެ.
އެފްކޮންސް އާއި ތިލަމާލެ ބުރިޖު ހެދުމުގެ މަސައްކަތް ހަވާލުކޮށްފައިވާއިރު، އެ ކުންފުންޏަކީ އެފަދަ އެއްވެސް މަޝްރޫއެއް ކާމިޔާބު ކަމާއެކު ނިންމާފައިވާ ކުންފުންޏެއް ނޫނެވެ.
ތިކަންވެސް އައްޑޫ ބުރާންތި ތަކައް އޯކޭ ވާނެ ލާދީނީ އެމްޑީޕީގެ ސިހުރުޖެހި ނިމިފައި ވާތަނެއްތީ އެކަން އެބަ އެނގޭ ދޯ ދާދިފަހަކުން އަލަމްގިރީގެ ވާރިސަކު ތި އަތޮޅައް ދިޔައިމާވެސް ހީވަނީހޭ ބަލިވާ ބަޔެއްޚެން
އޭސީސީ އަށް ކޮރަޕްޓް އެމްޑީޕީ ގެ މައްސަލައެއް ހުށަހެޅުމަކީ އެމްޑީޕީ ހާސްވާނެ ކަމެއްނޫން. އެހެނީ ތިޔަ މައްސަލައެއް ނުވެސް ބަލާނެ ބެލިޔަކަ ނުވެސްދޭނެ.