ޚަބަރު
ބުރިޖުގެ މަސައްކަތްކުރާ އިންޑިއާ ކުންފުނިން ހިތަދޫ ގެއެއްގެ ތެރޭގައި ހުރި ގަހެއް ވަގަށް ނަގައިފި
ބުރިޖުގެ މަސައްކަތްކުރާ އިންޑިއާގެ އެފްކޮންސް ކުންފުނިން އައްޑޫ ސިޓީ ހިތަދޫ ގެއެއްގެ ތެރޭގައި ހުރި ގަހެއް ވަގަށް ނެގި މައްސަލައެއް ފެންމަތިވެއްޖެއެވެ.
މައުލޫމާތު ލިބޭގޮތުގައި އެ ކުންފުނީގެ ބައެއް މުވައްޒަފުންވަނީ އެ ގަސް އުފުރާލުމަށްފަހު އެފްކޮންސްގެ ވެހިކަލަށް އަރުވައިގެން ގެންގޮސްފައެވެ. ސޯޝަލް މީޑިއާގައި މި ހާދިސާގެ ވީޑިއޯތައް ދައުރުވަމުންދާއިރު، މި ކަން ހިނގާފައިވަނީ ރޭގަނޑުގެ ވަގުތެއްގައެވެ.