ޚަބަރުސިޔާސީ

އިންޑިއާ އާއި ގުޅިގެން ލިބުނު ކުރިއެރުމެއް ނެތް: އަދުރޭ

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވެރިކަމަށް ވަޑައިގެންނެވީ އިންޑިއާ އާއި ގުޅިގެންކަމަށާއި އޭގެ ފަހުން ލިބުނު ކުރިއެރުމެއް ނެތް ކަމަށް ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ރޭ ވިދާޅުވެއްޖެ އެވެ.

ޕީޕީއެމުން ”އައްޑަނަ“ މި ނަމުގައި ރޭ ކާނިވަލުގައި ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން އަދުރޭ ވިދާޅުވީ ރާއްޖޭގެ މިނިވަންކަން ދަމަހައްޓަން ރައްޔިތުން މަސައްކަތް ފަށަން ޖެހޭ ވަގުތު އައިސްފައިވާ ކަމަށާއި އެކި މަޝްރޫއުތައް ހިންގުމުގެ ނަމުގައި އިންޑިއާ މީހުން ގެންނަނީ ރާއްޖެ އަޅުވެތިކުރަން ކަމަށެވެ.

މިއަދު ބްރިޖް އެޅުމުގެ ނަމުގައި މަގު ހެދުމުގައި ނަމުގައި އެ އަންނަ މީހުންނަކީ މާދަމާ ދިވެހި ރައްޔިތުން ގޯތި ގެދޮރުން ނެރެ، ބޭރު ކުރާނެ މީހުން. އެ މީހުންނަކީ އަޅުގަނޑުމެންގެ މިނިވަންކަން ނަގާލާނެ މީހުން،“ އަދުރޭ ވިދާޅުވި އެވެ.

ރާއްޖޭގެ ސަލާމަތާބެހޭ ކަންކަން ރާއްޖެއަށް ބެލެހެއްޓޭނެ ކަމަށާއި އިންޑިއާގެ ސިފައިންނާއި ހެލިކޮޕްޓަރާއި މަތިންދާބޯޓުތައް ރާއްޖެއަށް ބޭނުންނުވާ ކަންވެސް އަބްދުއްރަހީމް ވަނީ ފާހަގަ ކުރައްވާފައެވެ. އަދި އިނޑިއާ ސިފައިން ރާއްޖެއިން ބޭލުމަށްވެސް އަދުރޭ ވަނީ ގޮވާލާފައެވެ.

އަދުރޭ އިތުރަށް ވިދާޅުވީ ގައުމުތައް އަމިއްލަ ފައިމައްޗަށް ތެދުވާން މަސައްކަތްކުރާ ނަމަ އެހެން ގައުމުތަކުން އެ ގައުމެއް އަޅުވެތި ކުރަން މަސައްކަތްކުރާނެ ކަމަށެވެ. އިރާގުފަދަ ގައުމުތަކުގައި ކަންކަންވީ އެފަދައިން ކަމަށާއި، ރައްޔިތުންނަށް އެކަމުންވީ ފައިދާއެއްނެތް ކަމުގައިވެސް އަދުރޭ ވިދާޅުވިއެވެ.

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button