
އެމްޑީޕީއަކީީ ދިވެހިރާއްޖޭގައި ހުސްކުރާ ސޭލް އަޅުވަން އައި ޕާޓީއެއް ކަމަށް ކުރީގެ ނައިބު ރައީސް ޑރ.މުހައްމަދު ޖަމީލް އަހުމަދު ވިދާޅުވެއްޖެއެވެ.
ރޭ އިދިކޮޅު ކޯލިޝަނުން ކާނިވާ ސަރަހައްދުގައި ”އައްޑަނަ“ ގެ ނަމުގައި ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން ޑރ ޖަމީލް ވިދާޅުވީ އެމްޑީޕީ ވެރިކަމަށް އައީ ރާއްޖޭގައި ހުސްކުރާ ސޭލް އަޅުވަންކަމުގައެވެ.
ޖަމީލް ވިދާޅުވިގޮތުގައި ފަޅު ރައްތަކާ ފަޅުތަކާއި ހަނިމާދޫ، އައްޑޫ، މާލެ އަދި ހުޅުމާލެ ވެސް އެމްޑީޕީ އިން ވިއްކައިފިކަމުގައެވެ. އަދި ސުކޫލުތަކާއި މިސްކިއްތައްވެސް ވިއްކައިފިކަމަށާއި މިހާރު ހަމައެކަނި ވިއްކަން އޮތީ ގައުމީ ދިދައާއި ގައުމީ ލަވަ އެކަނި ކަމުގައެވެ.
”އެމްޑީޕީއިން އެޅި ބްރިޖެއް ނެތް، އެމްޑީޕީއިން އެޅި ފުލެޓެއްނެތް، އެމްޓީޕީއިން ގެނައި ތަރައްގީއެއް ނެތް، އެމްޑީޕީއިން މިދިޔަ 3 އަހަރު ކުރިހާވެސް ކަމަކިީ ވައްކަން ކުރުން، ޖަމީލް ވިދާޅުވިއެވެ.
ޖަމީލް ވިދާޅުވިގޮތުގައި އެމްޑީޕީއިން ކުރިހަމައެކަނި ކަމަކީ ވައްކަން ކުރުން ކަމުގައާއި ރާއްޖޭގައި ހުރިހާ ހިސާބެއްގައި އެއްޗަކުން ވައްކަން ކުރުން ކަމުގައެވެ.