ޚަބަރު

ގްރޭޑް 1 ގެ ގުރުއާން ފޮތުގަ ދެސޫރަތެއްގެ އާޔަތްތައް މަސްހުނި ވެފަ ހުރި މައްސަލައެއް ފެންމަތި ވެއްޖެ

ގްރޭޑް އެކެއްގެ ގުރުއާން ފޮތުަގެި ދެސޫރަތެއްގެ އާޔައްތަށް މަސްހުނި ވެފައިހުރި މައްސަލައެއް ފެންމަތިވެއްޖެއެވެ.

ޑރ.މުހައްމަދު ޝަހީމް އަލީ ސައީދު މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ގްރޭޑް 1 ގްރުއާން ފޮތުގައި 2 ސޫރަތެއްގެ އާޔަތްތަށް އެއް ސޫރަތެއްގެ ގޮތުގައި ހުރިކަން ފާހަގަކުރެވިފައި ކަމަށެވެ.

އެފޮތުގައި އެއް ސޫރަތެއްގައި އައިސްފައިވަނީ އައްނާޒިއާތު ސޫރަތާއި އައްނަބައު ސޫރަަތުގެ އާޔަތްތަކެކެވެ.

ޑރ ޝަހީމް އިތުރަށް ވިދާޅުވީ މިއީ ވަރަށް ބޮޑު މައްސަލައެއް ކަމުގައެވެ. އަދި މި މައްސަލަ ވީހާވެސް އަވަހަކަށް ރަނގަޅުކުރުމަށް ޝަހީމް ވަނީ އެޑިއުކޭޝަން މިނިސްޓަރ އައިޝަތް އަލީ އަށް ގޮވާލާފައެވެ.

މިކަމާ ގުޅިގެން އެޑިއުކޭޝަން މިނިސްޓަރު އާއިޝަތު އަލީ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ އެކަން އިސްލާހު ކުރައްވާނެ ކަމުގައެވެ.

”މިކަން އަޅުގަނޑުމެންނަށް ފާހަގަވީ ހިސާބުން އެ ސަފުހާ އިސްލާހްކުރުމުގެ މަސައްކަތްވަނީ ފެށިފައި. އަޅުގަނޑުމެންގެ ސަމާލުކަމަށް ފޮތުގައި ކުށެއް ވާކަން ގެނެސްދެއްވި އެންމެ ބޭފުޅުންނަށް ޝުކުރިއްޔާ. މިނިސްޓަރ ވިދާޅުވިއެވެ.

 

 

 

Leave a Reply

Your email address will not be published. Required fields are marked *

Back to top button