ޚަބަރު

ރައީސް ޔާމީންގެ ނަންފުޅު ބޭނުންކޮށްގެން މަންފާ ނަގަން ނޫޅޭ: ޝުޖާ

ޕީޕީއެމްގެ ރައީސް، ރައީސް އަބްދުﷲ ޔާމީންގެ ނަންފުޅު ބޭނުން ކުރައްވައިގެން ޖުމްހޫރީ ޕާޓީގެ ލީޑާޝިޕްގެ ބޭފުޅުން ”އެޑްވާންޓޭޖް“ ނަގަން އުޅުއްވާނެ ކަމެއް ނެތް ކަމުގައި ޕީއެންސީގެ ނައިބު ރައީސް އިބްރާހިމް ޝުޖާއު ވިދާޅުވެއްޖެއެވެ.

ޝުޖާއު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ރައީސް ޔާމީނަށް އިހްލާސްތެރި ބޭފުޅުން އަބަދުވެސް ޔާމީންގެ އަރިހުގައި ތިއްބަވާނެ ކަމަށާއި ޖޭޕީގެ ބޭފުޅުން އުޅުއްވަނީ ސަމާލުކަން ހޯއްދަވަން ކަމަށެވެ.

”ނިކަމެތިވި ވަގުތު ރައީސް ޔާމީން ދޫކުރައްވާ ވަޑައެއް ނުގެންނެވީސް، ރައީސް ޔާމީންގެ ނަންފުޅު ބޭނުން ކުރައްވައިގެން އެޑްވާންޓޭޖް ނަންގަވަން ނޫޅުއްވާ، ތިކަމެއް ނުވާނެ،“ ޝުޖާއު ވިދާޅުވިއެވެ.

ޝުޖާއު މިހެން ވިދާޅުވިއިރު، ރައީސް ސޯލިހު ވެރިކަމާ ހަވާލުވެވަޑައިގަތުމުގެ ކުރިން ޕީޕީއެމްގައި ވަރަށް އިސްކޮށް ތިއްބެވި ބައެއް ބޭފުޅުން ވަނީ އެ ޕާޓީ ދޫކުރައްވައި ވެރިކަން ކުރާ ކޯލިޝަންގައި ވެސް ހިމެނޭ ޖުމްހޫރީ ޕާޓީއާ ގުޅިވަޑައިގެންފަކަން ފާހަގަކޮށްލެވެއެވެ.

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button