ޚަބަރުސިޔާސީ

ނަޝީދު ރާއްޖެ ވަޑައި ނުގަންނަންވީ ސަބަބެއް ނެތް: އިކުރާމް

ރައްޔިތުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް ރާއްޖެ ވަޑައިނުގެނެވޭނެ ސަބަބެއް މިހާރަކު ނެތް ކަމަށް ދިއްގަރު ދާއިރާގެ އެމްޑީޕީގެ މެމްބަރު އިކްރާމް ހަސަން މިއަދު ވިދާޅުވެއްޖެ އެވެ.

އިކުރާމް މިފަދައިން ވިދާޅުވީ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ބަހުސް ކުރައްވަމުންނެވެ. އަކުރާމް ވިދާޅުވީ މިއަހަރުގެ މެއި މަހުގެ 6 ވަނަ ދުވަހު ނަޝީދުއަށް ދިން ހަމަލާއަށްފަހު ސަރުކާރުން އަޅާފައިވާ ފިޔަވަޅުތަކާއެކު، ނަޝީދަށް ކުރިއަށް ވުރެ ބޮޑަށް މިހާރު ސެކިއުރިޓީ ލިބިވަޑައިގަންނަވާނެ ކަމަށާއި ސެކިއުރިޓީ ދޭ ވަރު އިތުރު ކުރުމުގެ ފުރުސަތު ވެސް އެބައޮތް ކަމަށެވެ.

”އަޅުގަނޑު ގަބޫލުކުރާ ގޮތުގައި މިއަދު ނާދެވޭނެ މާހައުލެއް ނެތް. ރައީސް ނަޝީދަށް ވަޑައިގެންނެވޭނެ. ވަޑައިނުގަންނަވަންވީ ސަބަބެއް ނެތް،“ އިކްރާމް ވިދާޅުވި އެވެ.

އިކުރާމް އިތުރަށް ވިދާޅުވީ ނަޝީދަކީ ގައުމުގެ ތަރައްގީ އާއި ކުރިއެރުމަށް ވަރަށް ރަނގަޅަށް މަސައްކަތްޕުޅުތަކެއް ކުރައްވާ ބޭފުޅެކެވެ. ރާއްޖެ އިން ބޭރުގައި ހުންނަވައިގެން އެ ކަންކަން ކުރެއްވުމަށް ވުރެ ރާއްޖެ ވަޑައިގެން މާ ރަނގަޅު މަސައްޕުޅުތަކެއް ކުރެއްވޭނެ ކަމަށް ގަބޫލު ކުރައްވާ ކަމަށެވެ.

އިކުރާމް މިފަދައިން ވިދާޅުވެފައި މިވަނީ ނަޝީދު ރާއްޖެ އަނބުރައިވަޑައިގަތުމަށް ޖެހިލުން ވާކަމުގައި ވިދާޅުވެފައިވާ ދަނޑިވަޅެއްގައެވެ.

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button