ޚަބަރު

މިއީ ވެރިކަމުގެ ނިޒާމު ބަދަލުކުރަން އެންމެ ރަނގަޅު ވަގުތެއްނޫން: މަވޯޓާ ޝަރީފް

ވެރިކަމުގެ ނިޒާމު ބަދަލުކުރަން މި ވަގުތަކީ އެންމެ ރަނގަޅު ވަގުތު ނޫންކަމަށް ރައްޔިތުން މަޖިލީހުގެ މަރަދޫ ދާއިރާގެ މެންބަރު އިބްރާހިމް ޝަރީފް( މަވޯޓާ ޝަރީފް) ވިދާޅު ވެއްޖެއެވެ.

ޝަރީފް ވިދާޅުވީ ގައުމުގެ އިގްތިސޯދު ފުންވަޅުގަނޑެއްގައި އޮއްވާ އަދި ސިއްހީ ކާރިސާއަކުން އަރާ ނުގަނެވިގެން އުޅޭ ދަނޑިވަޅެއްގައި ދައުލަތުގެ ބަޖެޓުން 150 މިލިއަން ރުފިޔާ ހަރަދުކޮއްގެން ނިޒާމީ ވޯޓެއް ނެގުމަކީ މިވަގުތަށް އެންމެ ރަނގަޅު ގޮތް ނޫންކަމަށެވެ.

ރައްޔިތުން އަތާ އަނގައާ ދިމާނުވެ ތިއްބާ، ގައުމަށް ހެޔޮ އެދޭ ބަޔަކު ދަުލަތުން 150 މިލިއަން ރުފިޔާ ހަރަދު ކޮއްގެން ނިޒާމީ ވޯޓެއް ނަގަން އުޅެފާނެބާ؟ މަވޯޓާ ވިދާޅުވިއެވެ.

މަވޯޓާ ޝަރީފް ވިދާޅުވޮގޮތުގައި ސަރުކާރުގެ ބަޖެޓު ފޯބެއްދުމަށްޓަކައި މިހާރުވެސް 300 މިލިއަން ޑޮލަރުގެ ސުކޫކް %10 އިންތަރެސްޓުގައި ވަނީ ވިއްކާފަކަމަށެވެ. އެހެންކަމުން މި ވަގުތަކީ ދައުލަތުންނާއި ކެންޕޭނަށް ބޮޑެތި ހަރަދުތަށް ކޮށްގެން ނިޒާމީ ވޯޓެއް ނަގަންވީ ވަގުތު ނޫންކަމުގައެވެ.

މީގެ އިތުރުން މަވޯޓާ ޝަރީފް ވަނީ ބަރުލަމާނީ ނިޒާމަށް އެމަނިކުފާނު ތާއިދު ނުކުރާކަން ހާމަކޮށްފައެވެ.

މަވޯޓާ ޝަރީފްވިދާޅުވި ގޮތުގައި އަވަސްއަރުވާލައިގެން ވެރިކަމުގެ ނިޒާމު ބަދަލު ކުރަން އުޅެނީ ސިޔާސީ ބައެއް ބޭފުޅުންގެ އަމިއްލަ ފައިދާއަކަށް ކަމަށެވެ.

 

Leave a Reply

Your email address will not be published. Required fields are marked *

Back to top button