ރައްޔިތުން މަޖިލީހުގެ ރައީސް މުހަންމަދު ނަޝިދަށް މީސް މީޑިއާގައި މަަރުގެ އިންޒާރުދިންކަމަށް ތުހުމަތުކުރެވޭ މީހާ މުއަފު ފުލުހުން ހައްޔަރު ކޮއްފިއެވެ.
ފުލުހުން މައަދު ބުނީ މީސް މީޑިއާގައި ނަޝީދަށް އިންޒާރުދިން މައްސަލާގައި ކޯޓު އަމުރެއްގެ ދަށުން ހައްޔަރުކޮއްފައިވަނީ ރ. މީދޫ އަށް ނިސްބަތްވާ 40 އަހަރުގެ ދިވެހި ފިރިހެނެއްކަމަށެވެ.
މި މައްސަލައާއިގުޅިގެން އިތުރު ތަފްސީލެއް ފުލުހުން ވިދާޅެއް ނުވެއެވެ. ފުލުހުން މިހާރު އަންނަނީ މި މައްސަލަ ތަހުގީގު ކުރަމުންނެވެ.