ޚަބަރުސިޔާސީ

ޝިދާތާ އެމްއެންޕީ އާއި ގުޅެނީ

ކުރީގެ ޖެންޑާ މިނިސްޓަރު ޝިދާތާ ޝަރީފް، ރައްޔިތުންގެ މަޖިލީހުގެ ދަނގެތި ދާއިރާގެ މެންބަރު އަދި ކުރީގެ ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމް އިސްވެ ހުންނަވައި އުފައްދަވާ މޯލްޑިވްސް ނޭޝަނަލް ޕާޓީ (އެމްއެންޕީ) އާ ގުޅިވަޑައިގަތުމަށް ނިންމަވައިފިއެވެ.

ޝިދާތާ މިއަދު ޓްވީޓާގައި އާންމުކުރެއްވި ނޫސް ބަޔާނުގައި ވިދާޅުވީ ސިޔާސީ ޝަހުސިއްޔަތު ބިނާ ކުރެއްވުމުގައި އަދާލަތު ޕާޓީ އަދާ ކުރެއްވި ދައުރު އެކަމަނާ އާއި ދުރަށް ނުދާނެކަމުގައެވެ.

”އެ ލިބުނު ހުރިހާ ފުރުސަތުތަކަށް އަދި ޕާޓީގެ މެމްބަރުންނާއި ލީޑަޝިޕުން އަޅުގަނޑަށް ކުރެއްވި އިތުބާރާއި ބެހެއްޓެވި ގާތްކަމަށް ހިތުގެ އެންމެ ފުންމިނުން ޝުކުރު އަދާކުރަން. އެހެނަސް މިއަދު އާދެވިފައިވާ ހިސާބުން ސިޔާސީ އިތުރު ހަރުފަތަކާއި ހަމަޔަށް ދިޔުމަށްޓަކައި ފިޔަވަޅުތަކެއް އަޅަންޖެހޭކަމަށް އަޅުގަނޑަށް ގަބޫލު ކުރެވޭ“ ޝިދާތާ ވިދާޅުވިއެވެ.

ޝިދާތާ އިތުރަށް ވިދާޅުވީ އެމްއެންޕީއާ ގުޅިވަޑައިގަތުމަށް ނިންމެވީ ރައްޔިތުންގެ ހައްގުގައި ފުޅާ ދާއިރާއެއްގެ އިތުރު މަސައްކަތްތަކެއް ކުރެވިގެން ދާނެކަމަށް ގަބޫލުކުރެވޭތީ ކަމަށެވެ.

ޝިދާތާ އަދާލަތު ޕާޓީން ވަކިވެފައި މިވަނީ އެ ޕާޓީން އައު އެކްޝަން ޕްލޭނެއް އެކުލަވާލަން ނިންމާ އެކަމަށް ނެގި ހާއްސަ ކޮމެޓީގައިވެސް އެކަމަނާ ހިމަނާފައި ވަނިކޮށެވެ.

 

Leave a Reply

Your email address will not be published. Required fields are marked *

Back to top button