ނަފުރަތު އުފެދޭގޮތަށް ވާހަކަ ދެއްކި ފަރާތްތަކާއި ގުޅޭ އޮޑިޓެއް ހެދުމަށް މާވަށު ދާއިރާގެ މެންބަރު މުހައްމަދު ސައީދު ގޮވާލައްވައިފިއެވެ.
ސައީދު ވިދާޅުވިގޮތުގައި ރައްޔިތުންގެ މަޖިލީހާއި ބޭރުގެ ފަރާތްތައް ހިމަނައިގެން ހަދާ ޖޮއިންޓް ކޮމިޝަނަކުން ނަފްރަތު އުފައްދާ ފަރާތްތަކުގެ އޮޑިޓް ހަދަން ޖެހޭނެއެވެ. އޭގެ ތެރޭގައި އެކުވެރި ގައުމުތަކުގެ މެދުގައާއި، މީހުންގެ މެދުގައި ދޮގާއި، ނަފުރަތު އުފައްދާ ސިޔާސީ ޕާޓީ ތަކާއި، ސިޔާސީ ބޭފުޅުންގެ އޮޑިޓް ހިމަނަންޖެހޭކަން އޭނާ ފާހަގަކުރެއްވިއެވެ.
ސައީދު މިހެން ވިދާޅުވެ ކުރެއްވި ޓުވީޓުގައި ވަނީ 2018 ވަނަ އަހަރުގެ ތެރޭގައި މަޖިލިސް ރައީސް މުހައްމަދު ނަޝީދު ސަޢުދީ އަރަބިޔާގެ ސަފީރައް އަމާޒުކުރައްވައި ހެއްދެވި އިތުރުފުޅުތަކާއި ގުޅޭ ޓުވީޓެއްގެ ސްކްރީން ޝޮޓެއް ހިއްސާ ކުރައްވާފައެވެ.
In collaboration w/Int experts,Parliament should form a national joint commission tasked to audit political parties & p.leaders who has created most hatred among people,defamed individuals, spread lies & caused tension among friendly nations for the last 10yrs @MohamedNasheed pic.twitter.com/tiXxv7DjV1
— Mohamed Saeed (@em_saeed) July 3, 2021
ބޭރުގެ ޑިޕްލަމެޓުންނާއި ގުޅޭގޮތުން ނަފުރަތު އުފެދޭ ގޮތައް މީޑިއާތަކުން ހަބަރު ފަތުރަމުން ގެންދާތީ ރައީސް ނަޝީދު ވަނީ އިއްޔެ އެކަން ހުއްޓުވަންޖެހޭ ކަމަށް ބުނެފައެވެ.
ހިޔާ ފުލެޓާ ބުރިޖާ ދަރުމަވަންތަގެ އޮޑިޓެއް ނުހެދޭ ދޯ އަދިވެސް.