ޚަބަރުސިޔާސީ

ބަރުލަމާނީ ޕެޓިޝަނުގައި ސޮއި ނުކުރުމަށް އިދިކޮޅުން ގޮވާލައިފި

ދިވެހިރާއްޖޭގެ ގާނޫނު އަސާސީ ބަދަލުކޮށް ވެރިކަމުގެ ނިޒާމު ބަރުލަމާނީ ނިޒާމަކަށް ބަދަލުކުރުމަށް ބާރު އެޅުމަށް ގޮވާލާ އެމްޑީޕީއިން ތަޔާރުކުރަން ފަށާފައިވާ ޕެޓިޝަނުގައި ޕީޕީއެމް ޕީއެންސީގެ އެއްވެސް މެންބަރަކު ސޮއި ނުކުރުމަށް އިދިކޮޅު ކޮންގްރެސް ކޯލިޝަން ހިންގުމާއި ވަގުތީގޮތުން ހަވާލުވެހުންނެވި އަބްދުއްރަހީމް އަބްދުﷲ ގޮވާލައްވައިފިއެވެ.

އަބްދުއްރަހީމް ވިދާޅުވީ އެ ކޯލިޝަނުން އަބަދުވެސް ތާއިދުކުރަނީ ރިޔާސީ ނިޒާމަށް ކަމަށާއި އަދި ބަރުލަމާނީ ނިޒާމަށް އެއްވެސް ވަރަކަށް ތާއިދު ނުކުރާކަމަށެވެ.

އަބްދުއްރަހީމް އިތުރަށް ވިދާޅުވީ ރައްޔިތުން އެދެނީ ރިޔާސީ ނިޒާމުކަން ކުރިން ސާބިތު ކޮށްދީފައިވާކަމަށާއި، ރައްޔިތުންގެ ނިންމެވުމަށް އިހްތިރާމް ކުރަން ޖެހޭނެކަމުގައެވެ.

އެމްޑީގެ ބައެއް އިސްބޭފުޅުންނާއި އެ ޕާޓީގެ އާންމު މެންބަރުން އިސްވެ ފެށި ޕެޓިޝަނަކީ އެމްޑީޕީގެ މެނިފެސްޓޯގައި ހިމަނާފައިވާ ނިޒާމު ބަދަލުކުރުމުގެ ވައުދުފުއްދުން ލަސްވަމުންދާތީ އެކަން އަވަސް ކުރުމަށް ބާރުއެޅުމުގެ ގޮތުން ފަށާފައިވާ ޕެޓިޝަނެކެވެ.

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button