ޚަބަރު

މަހުލޫފާ ދެކޮޅަށް އިތުރު ހެކިތަކެއް ހޯދުމުގެ މަސައްކަތެއް ނުކުރަން: ފުލުހުން

މިނިސްޓަރ އޮފް ޔޫތް ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމެންޓް، އަހްމަދު މަހުލޫފާ ދެކޮޅަށް ކުރެވޭ ތުހުމަތުތަކުގައި އިތުރު ހެކިތަކެއް ހޯދުމުގެ މަސައްކަތް ފުލުހުން ކުރަމުން ނުގެންދާ ކަމަށް ފުލުހުން ބުނެފިއެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލަކު މިހެން ވިދާޅުވެފައިވަނީ ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުންނެވެ.

ފުލުހުންގެ މީޑިޔާ އޮފިޝަލް އިތުރަށް ވިދާޅުވި ގޮތުގައި މިނިސްޓަރު މަހުލޫފާއި ދެކޮޅަށް ކުރެވޭ ތުހުމަތު ތަކުގައި އައު ހެކިތަކެއް ހޯދުމުގެ މަސައްކަތް ފުލުހުން ކުރަމުން ނުދެއެވެ. ނަމަވެސް ކުރިން ހޯދާފައިވާ ހެކިތަކާ ގުޅޭ ބައެއް ކަންކަން ސާފު ކުރުމަށް ޕްރޮސެކިއުޓަރ ޖެނެރަލް އެދިފައިވާތީ އެމަސައްކަތް ފުލުހުން ކުރަމުން ދާ ކަމަށް ވަނީ ވިދާޅުވެފަ އެވެ.

ފުލުހުން މިހެން ވިދާޅުވެފައި ވާއިރު، ޕްރޮސެކިއުޓާ ޖެނެރަލް ހުސައިން ޝަމީމް ކުރިން ވިދާޅުވިީ މަހުލޫފްގެ މައްސަލާގައި ގިނަ ދުވަސް ވިޔަސް ގޮތެއް ނިންމޭނީ ހެކި ލިބިގެން ކަމަށެެވެ.

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button