
ޕްރޮސިކިއުޓަރ ޖެނެރަލް ޙުސައިން ޝަމީމް ޖޯޖިއާގެ ޓިބްލީސީގައި ހުންނެވި ރަސްމީ ދަތުރުފުޅުގައި ވައިން ފުޅިއެއް ރަމްޒުކޮށްދޭ ފޮޓޯއެއް އެމަނިކުފާނުގެ ސޯޝަލް މީޑިއާގައި އާންމުކޮށްފިއެވެ.
މި ފޮޓޯ އާންމުކޮށްފައިވަނީ އެމިނަކުފާނުގެ އިންސްޓަގްރާމް އެކައުންޓުގެ ސްޓޯރީގައެވެ. މި ފޮޓޯގައި ވައިން ފުޅި އަތަށް ލައިގެން ހުރިކަން ފާހަގަ ކުރެވެއެވެ. މީގެ އިތުރުން، ކެޕްޝަން އަކަން ‘ވެލްކަމް ޓު ޖޯޖިއާ’ މިހެން ޖަހާ އެ ޤަޢުމުގެ ދިދަ ޕޯސްޓްކޮށްފައިވެއެވެ. މި ފުޅިއަކީ ލިމިޓެޑް އެޑިޝަން އެއް ކަމަށާއި މިއީ ސީދާ މި ދަތުރުފުޅަށް ހާއްސަ ފުޅިއެއްކަން އެ ޕޮޓޯއިން ދޭހަ ވެގެންދެއެވެ. މި ފުޅިއަކީ މަރާނީ ސަޕެރާވީ ނަމަކަށްކިޔާ ރެޑްވައިން ފުޅިއެކެވެ. މި ފުޅި އުފައްދަނީ ޖޯޖިއާގެ ކަހެޓި ގައެވެ.
ޝަމީމް މިވަގުތު ޖޯޖިއާއަށް އެ ކުރައްވާ ދަތުރުފުޅަކީ އިންޓަނޭޝަނަލް އެސޯސިއޭޝަން އޮފް ޕްރޮސިކިއުޓާރ (އައިއޭޕީ) އުން ކޮންމެ އަހަރަކު އެއް ފަހަރު ބާއްވާ ބައްދަލުވުމެއްގައި ބައިވެވެރިވެވަޑައިގަތުމަށެވެ.
މިއީ އަޅުގަނޑުމެންގެ ގައުމުގެ ޝަރުއީދާއިރާގެ ތިއްބެވި ބޭފުޅުންގެ ހާލަތު އެހެންވެ ކޮއްމެ މުންކާރާތެށް ހުއްދަވަމުން ގޮސް މުޅިގައުމުގެ އިސްލާމީ ކަރާމަތް ކެނޑެމުން ގޮސް މުޅިގައުމު ހަލާކުގެ ތެރެޔަށް މިޔޮއް ގެންއަރަގުވަނީ ހުރިހިތާމައެއްގެބޮޑުކަމާއެވެ.