ޚަބަރުސިޔާސީ

އިންޑިއާގެ ޖޭއެމްސީއަށް ހަނިމާދޫ އެއާޕޯޓު މަޝްރޫއު ދިނީ އެވަރުގެ 3 އެއާޕޯޓު ހެދޭ އަގުގައި: ތޯރިގު

ހަނިމާދޫ އެއާޕޯޓު ތަރައްގީ ކުރުމުގެ މަޝްރޫއު އިންޑިއާގެ ޖޭއެމްސީ ޕްރޮޖެކްޓްސްއާ ހަވާލުކޮށްފައި ވަނީ އެފަދަ ތިން އެއާޕޯޓު ތަރައްގީ ކުރެވޭ ވަރުގެ އަގެއްގައި ކަމަށް ކުރީގެ އެންވަޔަރަމެންޓް މިނިސްޓަރު ތޯރިގް އިބްރާހިމް ވިދާޅުވެއްޖެއެވެ.

އިންޑިއާގެ އެގްޒިމް ބޭންކުން ރާއްޖެއަށް ދީފައިވާ 800 މިލިއަން ޑޮލަރުގެ ކްރެޑިޓް ލައިންގެ ދަށުން ހިންގަން ހަމަޖައްސާފައިވާ މި މަޝްރޫއުގެ މަސައްކަތް ސަރުކާރުން ހަވާލު ކުރަނީ އިންޑިއާގެ ޖޭއެމްސީ ޕްރޮޖެކްޓްސްއާއެވެ.މި މަޝްރޫއަށް 136.6 މިލިއަން ޑޮލަރު (2.1 ބިލިއަން ރުފިޔާ) ހޭދަވާނެއެވެ.

”މިއީ މި ސަރުކާރުން ވަރަށް ޒިންމާދާރުކަން ކުޑަކޮށް، ދިވެހިންނަށް ބުރަ އުފުލަންޖެހޭ ގޮތަށް ކުރިއަށް ގެންދާ ޕްރޮޖެކްޓެއް“ ތޯރިގް ވިދާޅުވިއެވެ.

މި މަޝްރޫއު ފުރިހަމަ ކުރަން އަމާޒު ހިފާފައި އޮތީ ދެ އަހަރު ދުވަހުގެ ތެރޭގައެވެ.

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button